Last Updated: July 12, 09:33
Saturday, July 12, 2025
ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާކަން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ސަސްޕެންޑް ކޮށްފައިވަނީ މަޖިލީހުގެ ޖޫނިއާ މުވައްޒަފެކެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަަލައިގައި ހަތަރު މީހަކު މިވަގުތު ތިބީ ފުލުހުންގެ ހައްޔަރުގައެވެ. އެއީ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރުއެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޓީޗަރުުންތަކެއް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔަ މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒަފަކުވެސް ސަސްޕެންޑް ކޮށްފައިވެއެވެ. އެހެންނަމަވެސް އިތުރު އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.