Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ޕޮލިސް ކޮޖެލްގައި ފުލުހުންގެ ތަމްރީނު ފަށައިފި

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ 34 ވަނަ ބުރު އައްޑޫގައި މިއަދު ފަށައިފި އެވެ.

މި ކޯސް ކުރިއަށް ދަނީ އައްޑޫގައި މާޗް މަހު ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގަ އެވެ. މިއީ މިތަނުގައި ފުލުހުންނަށް އަމާޒުކޮށްގެން މިފަދަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މި ކޯހުގައި ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ 197 އޮފިސަރުން ބައިވެރިވެ އެވެ.

ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ފިޒިކަލް ޓްރެއިނިން އާއި އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އާއި ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުން ހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައި ދޭނެ އެވެ.

އައްޑޫ ޕޮލިސް ކޮލެޖް ހުޅުވާފައި ވަނީ މި އަހަރުގެ މާޗު މަހުގެ 27 ގަ އެވެ. އެތަނަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ޓްރެއިން ކުރުމާއި ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެކެވެ.