Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އެއްޖިންސުން ގުޅުން ހިންގި އިތުރު މައްސަލައެއް

ހދ. ނޮޅިވަރަންފަރުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ ނޮޅިވަރަންފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެގޮތުން އެ މައްސަަލައިގައި ހަތަރު މީހަކު މިވަގުތު ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކޮއްކޯފުޅު ނާޒިމް ސައްތާރާއި، މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޓީޗަރުުންތަކެއް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔަ ވަނީ ބުނެފަ އެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒަފަކުވެސް ސަސްޕެންޑްކޮށްފައިވެ އެވެ.