Last Updated: May 8, 06:04
Wednesday, May 8, 2024
މުނިފޫހިފިލުވުން

"ގްރީޒް" ގެ ބަތަލާ މަރުވެއްޖެ

އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ފިލްމު "ގްރީޒް" ގެ ބަތަލާ އޮލީވިއާ ނިއުޓަން-ޖޯން މަރުވެއްޖެ އެވެ.

އެމެރިކާގައި ދިރިއުޅެމުން އައި އިނގިރޭސިވިލާތަށް އުފަން އޮސްޓްރޭލިއާގެ ބަތަލާ 73 އަހަރުގައި ރޭ މަރުވީ ކެންސަރު ބަލީގަ އެވެެ. އާއިލާ އިން ބުނި ގޮތުގައި ކެންސަރަށް ފަރުވާ ހޯދަމުންދާތާ ދުވަސްތަކެއްވެފައިވާ އޮލީވިއާ މަރުވީ އާއިލާގެ މީހުންގެ ކައިރީފައި ކެލިފޯނިއާގެ ގޭގަ އެވެ.

އޭނަގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުން އަންނަ އިރު 1978 ގެ ރޮމޭންޓިކް ކޮމެޑީ "ގްރީޒް" ގެ ބަތަލު ޖޯން ޓްރެވޯލްޓާ ބުނީ އޮލީވިއާ އަކީ ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިން ބަތަލާއެއް ކަމަށާއި އެއީ ޑައިރެކްޓަރުންގެ ބަތަލާއެއް ކަމަށެވެ. އަދި އޭނަގެ ވަކިވުމަކީ ފަޅު ކަމަކަށް ވާނެ ކަމަށް ބުންޏެވެ.

"ގްރީޒް" ގެ ކާމިޔާބީ އަށް ފަހު ޓްރެވޯލްޓާ އާއި އޮލީވިއާ 1983 ގެ ފެންޓަސީ ރޮމޭންޓިކް ކޮމެޑީ "ޓޫ އޮފް އަ ކައިންޑް" ގައި ވެސް އެކީގައި މަސައްކަތްކުރި އެވެ. ކާމިޔާބު ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ 2020 ގެ "ދަ ވެރީ އެކްސެލެންޓް މިސްޓަ ޑަންޑީ" އިންނެވެ. އޮލީވިއާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "އަ ކްރިސްމަން ރޮމޭންސް"، "އިޓްސް މައި ޕާޓީ" އަދި "އަ ފިއު ބެސްޓް މެން" ހިމެނެ އެވެ.

ބަތަލާއެއްގެ އިތުރުން އޮލީވިއާ އަކީ މަޝްހޫރު ލަވަކިޔުންތެރިއެއް ވެސް މެ އެވެ. އޭނަގެ މިއުޒިކީ ކެރިއަރުގައި 20 އަށް ވުރެ ގިނަ އަލްބަމް ނެރެފައިވެ އެވެ. އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "ފްރެންޑްސް ފޯ ކްރިސްމަސް" އެވެ.

ދެ ކައިވެންޏެއްކުރި އޮލީވިއާހެ ހުންނަނީ އެންމެ އަންހެން ދަރިއެކެވެ. އެއީ ބަތަލާ/ލަވަކިޔުންތެރިޔާ ކްލޯއީ ރޯޒް ލެޓަންޒީ، 36، އެވެ.