Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ފައި ބިނދި، ޝިލްޕާ ބްރޭކަކަށް

ރޯހިތު ޝެޓީ ހަދާ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓިންގެ ތެރޭގައި އުޅެނިކޮށް ބަތަލާ ޝިލްޕާ ޝެޓީގެ ވާތު ފައި ބިނދިގެން، މަސައްކަތްތަކުން ބްރޭކެއް ނަގަން ޖެހިއްޖެ އެވެ.

ފައިގައި ޕްލާސްޓަރު އަޅައިގެން ހޮސްޕިޓަލްގައި ނަގާފައިވާ ފޮޓޯއެއް ވެސް އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. އެކަމަކު ފައި ބިންދައިގެން ދާން ދިމާވި ހާދިސާއާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ. އޭނާ ބުނީ ފައި ރަނގަޅު ވަންދެން ހަ ހަފުތާގެ ބްރޭކަކަށް ދާން ޖެހޭ ކަމަށެވެ. އެހެންވެ ހެޔޮއެދޭ މީހުންގެ ދުއާ އަށް ވެސް އެދޭ ކަމަށް ބުންޏެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ އިންޑިއަން ޕޮލިސް ފޯސް" ގައި ޝިލްޕާ ކުޅެނީ ފުލުހެއްގެ ރޯލެވެ. އެހެންވެ މިއީ އޭނަގެ ވަރުގަދަ އެކްޝަން މަންޒަރުތަކާއި ސްޓަންޓްތަކެއް ވެސް ހަދަން ޖެހޭ އެއްޗެކެވެ.

މީގެ ކާސްޓްގައި ސިދާތު މަލްއުތުރާ އާއި ވިވެކް އޮބެރޯއީ ވެސް ހިމެނެ އެވެ.

ޝޫޓިންގައި ފައި ބިނދިގެން ބްރޭކެއް ނަގަން ޖެހުނު އިރު، 47 އަހަރުގެ ބަތަލާ އޮތީ ފީޗާ ފިލްމެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެއީ "ސުކީ" އެވެ.

ޝިޕްޕާ އެންމެ ފަހުން ފެނިފައި ވަނީ ޖޫން މަހު ރިލީޒްކޮށް، އާންމުންގެ ފަރާތުން ފިނި ތަރުހީބެއް ލިބުނު "ނިކައްމާ" އިންނެވެ.