Last Updated: December 5, 23:15
Tuesday, December 5, 2023
ވިޔަފާރި

ސެމްސަންގުގެ އާ ފޯނުތައް 26 ގައި ބާޒާރަށް

ސެމްސަންގުން އިއްޔެ ބޭއްވި އިވެންޓްގައި ކުންފުނީގެ އާ ފަތްޖެހޭ ފޯނުތައް ދައްކާލައިފި އެވެ.

އެ ކުންފުނިން ކުރިން ނެރެފައިވާ ފަތްޖެހޭ ފޯނުތަކާ މާ ބޮޑު ތަފާތުތަކެ ނެތް މި ފޯނުތަކަކީ ސެމްސަންގް "ގެލެކްސީ ޒީ ފްލިޕް 4" އާއި "ގެލެކްސީ ޒީ ފޯލްޑް 4" އެވެ. މި މަހުގެ 26 އިން ފެށިގެން ފޯނު އާންމުކޮށް ވިއްކަން ފަށާ އިރު، ފޯނުތަކަށް މިހާރު ޕްރީ-އޯޑަރު ވެސް ކުރެވޭނެ އެވެ.

"ގެލެކްސީ ޒީ ފްލިޕް 4" ޖުމްލަ ސްކްރީނުގައި 6.7 އިންޗި ހުންނަ އެއްޗެކެވެ. މީގެ އިތުރު ސްޕެސިފިކޭޝަންތަކަށް ބަލާ އިރު ފޯނު 12ޖީބީ/8ޖީބީ ރޭމް، 256ޖީބީ/8ޖީބީ ރޭމް، 512ޖީބީ/8ޖީބީ ރޭމް އިން ލިބޭނެ އެވެ. "ގެލެކްސީ ޒީ ފްލިޕް 4" ގެ ހާއްސަ އެއް ސިފަ އަކީ މީގެ ޗާޖިން އަވަސްވުމެވެ. އެގޮތުން ބައި ގަޑިއިރު ތެރޭގައި 50 ޕަސެންޓަށް ޗާޖްކޮށްލެވޭނެ އެވެ. އަދި މީގެ ކެމެރާ ކުރީގެ ފަތްޖެހޭ ފޯނުތަކަށް ވަރުގަދަވެފައި، ކޮލިޓީ ވެސް އެހާމެ ރަނގަޅުވާނެ އެވެ.

"ގެލެކްސީ ޒީ ފްލިޕް 4" ގެ ކުލަތަކުގެ ތެރޭގައި ބޯރާ ޕާޕަލް، ގްރެފައިޓް، ޕިންކް ގޯލްޑް، ބްލޫ، ޔެލޯ، ވައިޓް، ނޭވީ، ކާކީ އަދި ރެޑެވެ.

"ގެލެކްސީ ޒީ ފޯލްޑް 4" އަށް ބަލާ އިރު މީގެ ޑީސްޕްލޭގެ ސައިޒަކީ 7.6 އިންޗި އެވެ. ކުލަތަކުގެ ތެރޭގައި ގްރޭގްރީން، ފޭންޓަމް ބްލެކް، ބީޖް އަދި ބާގަންޑީ ހިމެނެ އެވެ. އަގު ފެށެނީ 1،799 ޑޮލަރުންނެވެ.

ދެކުނު ކޮރެއާގެ ސެމްސަންގުން އިއްޔެ ބޭއްވި އިވެންޓްގައި ދައްކައިލި އިތުރު އުފެއްދުންތަކުގެ ތެރޭގައި ގެލެކްސީ ވޮޗް5 އާއި ގެލެކްސީ ބަޑްސް 2 ޕްރޯ ހިމެނެ އެވެ.