Last Updated: April 26, 23:00
Friday, April 26, 2024
މުނިފޫހިފިލުވުން

"ލައިގާ" އިން ކުލަގަދަ، ފޯރިގަދަ ލަވައެއް

މި މަހުގެ 25 ގައި ރިލީޒްކުރާ ފިލްމު "ލައިގާ" އިން ވަރަށް ފޯރިގަދަ އެހާމެ ކުލަގަދަ ލަވައެއް އާންމުކޮށްފި އެވެ.

ފިލްމުގެ ދެ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި އަނަންޔާ ޕާންޑޭގެ ނެށުންތަކެއް ފެނިގެންދާ ޕަންޖާބީ ޕާޓީ ސްޓައިލްގެ މި ލަވަ އަކީ "ކޯކާ 2.0" އެވެ. އާންމުކޮށް ހިންދީ ލަވަތައް އަޑުއަހާ މީހުންނާ މާ ރައްޓެހި ނޫން ފަންނާނުންތަކެއްގެ އަޑު އިވިގެންދާ ލަވަ ކިޔާފައި ވަނީ ސުކީ އާއި ލީސާ މިޝްރާ އެވެ.

މި ލަވަ އަކީ "ކޯކާ" ގެ ނަމުގައި ކުރިން ނެރެފައިވާ ލަވައިގެ މުޅިން އާ ވާޝަނެކެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލައިގާ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަކަށް، ޕޫރީ ޖަގަންނަދު ޑައިރެކްޓްކޮށްފައިވާ ސްޕޯޓްސް ސްޕޯޓްސް އެކްޝަން ފިލްމެކެވެ. މީގެ ކާސްޓްގައި ރާމިއާ ކްރިޝްނަން، ރޯނިތު ރޯއި، މަކްރަންދު ދޭޝްޕާންޑޭ އަދި އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ހިމެނެ އެވެ.