Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

"ހެރީ ޕޮޓާ" ގޭމް އަނެއްކާ ވެސް ފަސްކޮށްފި

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި "ހެރީ ޕޮޓާ" އަށް ބިނާކޮށް ހަދާ ވީޑިއޯ ގޭމް "ހޮގްވާޓްސް ލެގަސީ" ނެރުން އަނެއްކާ ވެސް ފަސްކޮށްފި އެވެެ.

ލިޔުންތެރިޔާ ޖޭކޭ ރޯލިން ގެނެސްދިން ވާހަކަ ސީރީޒްގައި ކިޔައިދިން ވާހަކަތަކުގެ ކުރިން ހިނގާފައިވާ ކަންތައްތަކެއް ދައްކުވައިދޭ ގޭމް ކުރިން ނެރެން އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް އޭގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި މި އަހަރަށް ފަސްކުރުމަށް ފަހު، މިހާރު އިއުލާންކޮށްފައި ވަނީ ގޭމް ނެރެން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ގައި ކަމަށެވެ.

އެކަން އިއުލާންކޮށް "ހޮގްވާޓްސް ލެގަސީ" ފެ ރަސްމީ ޓްވިޓާގައި ބުނީ އަންނަ އަހަރު ޕްލޭސްޓޭޝަނާއި އެކްސް ބޮކްސްގެ އިތުރުން ޕީސީ އަށް ގޭމް ނެރޭނެ ކަމަށެވެ. ނަމަވެސް ނިންޓެންޑޯ ސްވިޗަށް ގޭމް ނެރޭ ތާރީހު ފަހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.

މި ގޭމް އިއުލާންކުރި ފަހުން އެތައް ބަޔަކު އަންނަނީ އެއަށް އިންތިޒާރުކުރަމުންނެވެ. ހާއްސަކޮށް ކުޑަކުދިންނެވެ.

"ހޮގްވާޓްސް ލެގަސީ" އަކީ ޕޯޓްކީ ގޭމްސް އިން ޑިވެލޮކްކުރަމުން އަންނަ އެއްޗެކެވެ. އެތަނުން ބުނި ގޮތުގައި ގޭމް ނެރުން އަންނަ އަހަރަށް ފަސްކުރީ އަދިވެސް އެކަމަށް ވަގުތު ބޭނުންވާތީ އެވެ. އަދި މަސައްކަތްކުރަނީ ވަރަށް ފުރިހަމަ، ވަރަށް ޝައުގުވެރި ވީޑިއޯ ގޭމެއް ގެނެސްދިނުން ކަމަށް ބުންޏެވެ.

ލިޔުންތެރިޔާ ރޯލިން 1997-2007 އަށް "ހެރީ ޕޮޓާ" ގެ ހަތް ވާހަކައެއް ގެނެސްދިނެވެ. އެއީ ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން (1997)، ހެރީ ޕޮޓާ އެންޑް ދަ ޗެމްބަ އޮފް ސީކްރެޓްސް (1998)، ހެރީ ޕޮޓާ އެންޑް ދަ ޕްރިޒަނާ އޮފް އަޒްކަބާން (1999)، ހެރީ ޕޮޓާ އެންޑް ގޮބްލެޓް އޮފް ފަޔާ 2000)، ހެރީ ޕޮޓާ އެންޑް ދި އޯޑަ އޮފް ދަ ފީނިކްސް (2003)، ހެރީ ޕޮޓާ އެންޑް ދަ ހާފް-ބްލަޑް ޕްރިންސް (2005) އަދި ހެރީ ޕޮޓާ އެންޑް ޑެތުލީ ހެލޯސް (2007) އެވެ.

މި ވާގަކަތަކަށް ޖުމްލަ އަށް ފިލްމެއް ބެލުންތެރިންނަށް ގެނެސްދިން އިރު، އެ ފިލްމުތަކަށް ބޮކްސް އޮފީހުގައި 7.7 ބިލިއަން ޑޮލަރު ލިބުނެވެ. "ހެރީ ޕޮޓާ" ފިލްމުތަކުގައި ޓައިޓްލް ރޯލު ކުޅުނީ މިހާރު އުމުރުން 33 އަހަރުގެ އިނގިރޭސި އެކްޓަރު ޑެނިއަލް ރެޑްކްލިފެވެ.