Last Updated: April 26, 22:09
Friday, April 26, 2024
މުނިފޫހިފިލުވުން

"ސްޓްރޭންޖާ ތިންގްސް" ގެ ބަތަލާ ކިޔަވަނީ

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ނެޓްފްލިކްސް ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ބަތަލާ މިލީ ބޮބީ ބްރައުން ކިޔަވަން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އިނގިރޭސިވިލާތަށް އުފަން 18 އަހަރުގެ ބަތަލާ ކިިޔަވަނީ އެމެރިކާގެ ޔުނިވަސިޓީއެއް ކަމަށްވާ ޕާޖޫގައި ކަމަށާއި އޭނާ ކިޔަވަނީ އޮންލައިންކޮށް ކަމަށެވެ. އެ ޔުނިވަސިޓީން މިލީ ކިޔަވަނީ "ހިއުމަން ސާވިސް" އެވެ. މި ވާހަކަ އޭނާ ހިއްސާކުރީ އަލުއާ މަޖައްލާ އަށް ދިން އިންޓަވިއުއެއްގަ އެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަަމަކީ ޕާޖޫ ޔުނިވަސިޓީގައި މިލީ ކިޔަވަމުން އަންނަ އިރު، އޭނާ އިލެވެން/ޖޭން ހޮޕާގެ ރޯލު ކުޅުނު "ސްޓްރޭންޖާ ތިންގްސް" ގައި ވެސް އެ ޔުނިވަސިޓީގެ ވާހަކަ ގެނެސްދީފައިވުމެވެ.

ދެހާސް ސޯޅައިގައި ގެނެސްދޭން ފެށި ސީރީޒްގެ ހަތަރު ވަނަ ސީޒަން ބެލުންތެރިންނަށް ދޫކުރީ މެއި މަހުގެ ތެރޭގަ އެވެ. "ސްޓްރޭންޖަ ތިންގްސް" ގެ ފަހު ސީޒަން އަދި ފަސް ވަނަ ސީޒަން ގެނެސްދޭނެ ކަމަށް ބެލެވެނީ 2024 ގަ އެވެ.

މި ސީރީޒުން މިލީ އަށް ބޮޑު މަޝްހޫރުކަމެއް ލިބުނު އިރު، އޭނަ ބައެއް ފިލްމުތައް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "އެލޯމާ ހޯމްސް" ގެ ދެ ފިލްމާއި "ގޮޑްޒިއްލާ ވާސަސް ކޮންގް" ހިމެނެ އެވެ. މިލީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ރިލީޒްކުރާ "ޑެމްޒެލް" އެވެ.