Last Updated: March 29, 13:37
Friday, March 29, 2024
ވިޔަފާރި

ސްޕޮޓިފައި އިން ހާއްސަ އޮފާއެއް

އޯޑިއޯ ސްޓްރީމިން ހިދުމަތެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަގުބޫލު ސްޕޮޓިފައި އިން ހާއްސައެއް އޮފާއެއް ހުޅުވާލައިފި އެވެ.

މި އާ އޮފާ އަކީ އާންމުންނާއި ދަރިވަރުންގެ ތެރެއިން މުޅިން އަލަށް ޕްރީމިއަމް ޔޫޒަރުންނަށްވާ ކަސްޓަމަރުންނަށް މުޅިން ހިލޭ ތިން މަހަށް ހިދުމަތް ލިބުމެވެ. މީގެ ތެރެއިން އަނެއް އޮފާ އަކީ ޑުއޯ އަދި ފެމިލީ ސަބްސްކްރައިބަރުނަށް ހުޅުވާލި މަސް ދުވަހުގެ ހިލޭ އޮފާ އެވެ.

މި އޮފާގެ ބޭނުމެއް މިހާރުގެ ޕްރީމިއަމް ޔޫޒަރުންނަށް ނުހިފޭނެ އެވެ. އެކަމަކު މިދިޔަ ޖުލައި މަހުގެ 15 ގެ ކުރިން ޕްރީމިއަމް ޕެކޭޖް ކެންސަލްކުރި މީހުންނަށް ހާއްސަ ޑިސްކައުންޓަކާ އަކީ އާ ޕްރީމިއަމް އޮފާ ބޭނުންކުރެވޭނެ އެވެ. އެއީ ކޮންމެ މަހަކު 9.99 ޑޮލަރަށެވެ.

ޝައުގުވެރިވާ ނަމަ މި ލިންކުން Spotify.com/Premium ސައިންއަޕްކޮށްލެވޭނެ އެވެ.

ސްޕޮޓިފައި ބޭނުންކުރާ މީހުން އިތުރުކުރުމަށްޓަކައި ހުޅުވާލި އާ އޮފާގެ ތިން މަސް ދުވަހުގެ މުއްދަތު ހަމަވުމުން، އާންމު އުސޫލުން އަގު ނަގާ ގޮތަށް ޗާޖްކުރަން ފަށާނެ އެވެ. މީގެ 13 އަހަރު ކުރިން 2008 ގައި ލޯންޗްކުރި ސްޕޮޓިފައި ބޭނުންކުރާ މީހުންގެ އަދަދު މިހާރު 433 މިލިއަނަށް ވުރަ ގިނަ އެވެ. މީގެ ތެރެއިން 188 މިލިއަން މީހުންނަކީ ފީ ދައްކައިގެން ހިދުމަތް ހޯދާ މީހުންނެވެ.