Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ކުނި މެނޭޖްކުރުމުގެ ގައުމީ ކެމްޕޭނެއް ފަށަނީ

ދެމެހެއްޓެނިވިގޮތުގައި ކުނި މެނޭޖްކުރުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން 'ފަސްގަނޑު' ގެ ނަމުގައި ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

މި ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކުރުން އޮންނާނީ، މާދަމާ ހެނދުނު 11:30 ގައި އެ އެންވަޔަރަމެންޓް މިނިސްޓްރީގެ އެން.ސީ.އައި.ޓީ ބިލްޑިންގްގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ރަށްތަކުގައި އުފެދޭ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް ދިމާވާ ދަތިތަކުގެ މައްސަލަ އެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުގެ ސަބަބުން، ކުނި މެނޭޖްކުރުމަށް ގިނަ ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ.

މާދަމާ އިފްތިތާޙު ކުރެވޭ 'ފަސްގަނޑު' ގައުމީ ކެމްޕޭނަކީ ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގައި، ސަރަޙައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެކެވެ.