Last Updated: April 20, 06:38
Saturday, April 20, 2024
ވިޔަފާރި

އިޝްތިހާރާ ނުލައި ނެޓްފްލިކްސްގެ ކޮންޓެންޓް

އިޝްތިހާރު ހިމެނޭ ގޮތަށް ނެޓްފްލިކްސްގެ އާ ޕްލޭންތަކެއް ގެނެސްދޭން ތައްޔާރީތައްވަމުން އަންނަ އިރު، އަގުހެޔޮ ގިނަ ޕްލޭންތަކުގެ ކޮންޓެންޓްގެ ތެރޭގައި އިޝްތިހާރުތައް ނުގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާ ޕްލޭންތަކާ އެކީ ނެޓްފްލިކްސް އިން ގެންނަން އުޅޭ އެއް ބަދަލަކީ މުޅިން އަލަށް ޕްރީމިއާކުރާ އޮރިޖިނަލް ކޮންޓެންޓްތައް ބަލާ އިރު އެއްވެސް އިޝްތިހާރެއް އޭގެ ތެރޭގައި ނުހިމެނެވެ. އެކަމަކު އާ ކޮންޓެންތައް އިޝްތިހާރާ ނުލައި ބަލާލެވޭނީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނެޓްފްލިކްސްގެ އަމާޒަކީ އޮރިޖިނަލް އާ ކޮންޓެންޓްއް ޕްރީމިއާކުރުމަށް ފަހު ދުވަސްތަކެއް ފަހުން، އޭގައި އިޝްތިހާރު ހިމެނޭ ގޮތަށް ހެދުމެވެ.

ބްލޫމްބާގް އިން ބުނި ގޮތުގައި މިފަދަ ބަދަލެއް ގެންނަން ނެޓްފްލިކްްސް އިން ނިންމީ އާ ފިލްމުތައް ބަލާ އިރު، އޭގެ ތެރެއިން އިޝްތިހާރުތައް އައުމުން ވާ އުނދަގޫތަކާ ގުޅޭ ސްޓޫޑިއޯތަކުން ފާޅުކޮށްފައިވާ ބައެއް ކަންްބޮޑުވުންތަކާއި އަދި ބައެއް ސްޓޫޑިއޯއާތަކުން ނެޓްފްލިކްސް އަށް ކޮންޓެންޓްތައް ދޭ އިރު، އިޝްތިހާރުތައް އެއްގޮތަކަށް ވެސް ނުހިމެމުނަށް މިހާރު އެއްބަސްވުންތައް ހަދާތީ އެވެ.

އަގުހެޔޮ ޕްލޭންތަކަށް ގެންނަ އަނެއް ބަދަލަކީ ކިޑްސް އޮރިޖިނަލް ޕްރޮގްރާމްތައް ވެސް އިޝްތިހާރުތަކާ ނުލައި ގެނެސްދިނުމެވެ. އެގޮތުން ސީދާ ނެޓްފްލިކްސްގެ އުފެއްދުންތަކާއި އެހެން ސްޓޫޑިއޯތަކުގެ އުފެއްދުންތައް ވެސް އެ އުސޫލުން ގެނެސްދޭން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި ނެޓްފްލިކްސް އިން ވަކި އެއްޗެއް ނުބުނެ އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ނެޓްފްލިކްސް ބޭނުންކުރާ މީހުން ދަށްވަމުންދާތީ އެތަނުން މިހާރު ވަނީ އެކަމަށް ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. އިޝްތިހާރު ނުހިމޭ އަގުހެޔޮ އާ ސަބްސްކްރިޕްޝަން ޕްލޭންތަކަކީ ވެސް މީގެ ބައެކެވެ.

އަދި އާ ޕްލޭންތައް ތައާރަފުކުރާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ބެލެވެ އެވެ.