Last Updated: October 4, 12:49
Tuesday, October 4, 2022
ޚަބަރު

އައްޑޫ ހައި ސްކޫލްގެ ތިން ދަރިވަރަކު އެއް ވަނައިގައި

އެއްވަނަ ހޯދި އައްޑޫ ހައި ސްކޫލްގެ ދަރިވަރެއް - ފޮޓޯ: ރައީސް އޮފީސް

އެކި މާއްދާތަކުން ދުނިޔޭގެ އެއް ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި އައްޑޫ ހައި ސްކޫލްގެ ތިން ދަރިވަރަކު ހިމެނިއްޖެ އެވެ.

އެ ދަރިވަރުންނަށް ރޭ އިނާމް ހަވާލުކޮށްފައިވަނީ 2020 – 2021 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގަ އެވެ.

އެ ތިން ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއްވަނަ ހޯދި އެ ތިން ދަރިވަރުންނަކީ:

އެކައުންޓިން: އަހުމަދު އިޒްހާމް، އައްޑޫ ހައި ސްކޫލް

އެކައުންޓިން: އާމިނަތު މައިސާ ނިޔާޒް، އައްޑޫ ހައި ސްކޫލް

އެކައުންޓިން: ފާތިމަތު އިނާން ޝަރީފް، އައްޑޫ ހައި ސްކޫލް

މި ނިމުނު ދިރާސީ އަހަރަކީ، ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ޘާނަވީ ތަޢުލީމު ނިންމައި، މިއަހަރު ރާއްޖެއިން 5955 ދަރިވަރުން އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރި ވިއިރު، މަތީ ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފަ އެވެ.

ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފަ އެވެ. އަދި، 13 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، ހަ ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފަ އެވެ.

މީގެ އިތުރުން، މަތީ ޘާނަވީ އިމްތިޙާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ޙާޞިލުކޮށްފަ އެވެ.