Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

މާލޭގައި އައުޓްޑޯ ތިން ވޮލީ ކޯޓް ހަދައިފި

މާލޭގައި އައުޓްޑޯ ތިން ވޮލީ ކޯޓް ހަދައި ނިންމާލައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ތިން ކޯޓްގެ ހުރިހާ މަސައްކަތެއް ވެސް މިހާރު ނިމިފައިވާ ކަަމަށާއި އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ. އޭނަ ވިދާޅުވީ ބައެއް ކޮންޓްރެކްޓަރުން ވަގުތަށް މަސައްކަތް ނުނިންމުމަކީ ބޮޑެތި އުނދަގޫތަކެއް ރައްޔިތުންނަށް ކުރިމަތިވާ ކަމެއް ކަމަށެވެ. އެގޮތުން މާލޭގެ އައުޓްޑޯ ވޮލީ ކޯޓްތައް ވެސް ނިންމުމީ ނިންމާލެވިފައި ކަނޑައެޅި ތާރީހަށް ވުރެ މާ ލަހުން ކަމަށް ވިދާޅުވި އެވެ.

މާލޭގައި ވޮލީ އައުޓްޑޯ ވޮލީ ކޯޓްތަކެއް ހެދި އިރު ،ޔޫތު މިނިސްޓްރިން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ވޮލީ ކޯޓުތައް ހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން 8 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް ހަދަން މިދިޔަ އާދީއްތަ ދުވަހު ވެސް ދެ ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ.

ހދ. ކުރިނބީ، ޅ. ކުރެންދޫ އަދި ބ. ދަރަވަންދޫ ވޮލީ ކޯޓް ހަދަން ހަވާލުކުރީ ޓްރިޕަލް އެއިޓްއާ އެވެ. އަދި ހއ. ހޯރަފުއްޓާއި، ހދ. ވައިކަރަދު އާއި ނ. މާފަރާއި ބ. ކިހާދޫގެ އިތުރުން އއ. ހިމަންދޫގެ ވޮލީ ކޯޓު ހަދަން ހަވާލުކުރީ ބްރިލިއަންޓް ކޮމްޕެނީއާ އެވެ.