Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ބަންގީގެ އަަޑު މަޑުކުރާކަށް ނުޖެހޭނެ: ޒައިދު

އިސްލާމީ ގައުމެއްގެ އެންމެ ޝަރަފުވެރި އަޑަކީ އެ ގައުމެއްގެ މިސްކިތްތަކުން ގޮވާ ބަންގީގެ އަޑު ކަމަށާއި އެހެންވެ ބަންގީގެ އަޑީ އަޑު މަޑުކުރާކަށް ނުޖެހޭ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ބައެއް މިސްކިތްތަކުން ވަރަށް ބަންގި އާއި ނަމާދުކުރާ އަޑު ބޭރަށް މާ ބާރަށް އޮވޭ ގޮތަށް އަމަލުކުރަމުން އަންނާތީ އެކަމުގެ ޝަކުވާތަކެތި ބޭރަށް އަޑު ނީވޭ ގޮތަށް ހަދަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ދެކެވެމުން އައި ވާހަކަތަކާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުރާއި އީދު ފަދަ ނަމާދުތައް ނޫން ނަމާދުތަކުގައި ބައެއް މިސްކިތްތަކުގައި ނަމާދުކުރާ ގަޑި "ކުޑަކޮށް" އަޑުމަޑުކޮށްލުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

"އިސްލާމީ ގައުމެއްގެ އެންމެ ޝަރަފުވެރި އަޑަކީ މިސްކިތްތަކުން ގޮވާލެވޭ ބަންގީގެ އަޑު. ބަންގީގެ އަޑު މަޑުކުރާކަށް ނުޖެހޭނެ!"

އިސްލާމިކް މިނިސްޓްރީން ރޭ ރެނުނު ބަޔާނެއްގައި ބުނީ ބަންގި އާއި އާންމު ނަމާދުތަކުގެ އަޑު ބޭރަށް ނީވޭ ގޮތަށް ހަދާކަށް ނާންގާ ކަމަށެވެ. އަދި އެގޮތަށް ސާކިއުލާއެއް ވެސް އެއްވެސް ދިމާއަކަށް ފޮނުވާފައި ނުވާނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ބައެއް ހިސާބުތަކުގެ ބައެއް މިސްކިތްތަކުގެ އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކަކާ ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ފެންނާތީ އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑުޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އިރުޝާދު ދީފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާ އިރު ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. މިނިސްޓްރީން ބުނީ މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތުކުދިން ތިބޭ ކައިރި ގޭގެއިން ދަތިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.