Last Updated: July 10, 11:04
Thursday, July 10, 2025
ޚަބަރު

ވޮލީ ކުޅެނިކޮށް ޒުވާނަކު ނިޔާވެއްޖެ

ވޮލީ ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

ވޮލީ ކުޅެން ހުއްޓާ ކުއްލިގޮތަކަށް ނިޔާވީ އަހްމަދު އަބްދުﷲ (ޑަކީ) އެވެ. އޭނާ ނިޔާވީ އދ. މާމިގިލީގައި ކުރިއަށް ދިޔަ އދ. ދިއްދޫއާއި އދ. ދަނގެތި ކުޅުނު މެޗްގައި ކުޅެމުންދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑަކީ ،37، ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފަ އެވެ.

ނިޔާވި ޒުވާނާ އަކީ އެއްވަނަ ޑިވިޝަންގައި ވެސް ވޮލީ ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.