Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

އަލަމްގީރަށް ހުކުމްކުރި ގާޒީއަށް ވެސް ތައުބާލައިދޭންޖެހޭ

ޑރ. މުހައްމަދު އިޔާޒު: ފޮޓޯ / އަވަސް

ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލަ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް ސާބިތުވެ އޭނާ ހަތް މަހަށް ޖަލަށްލާން ހުކުމްކުރި ކްރިމިނަލް ކޯޓުގެ ގާޒީ އަށް ތައުބާލައިދޭންޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެެެވެ.

އަލަމްގީރުގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު އެ ތިން ދައުވާ އަކީ ވެސް އެއްޖިންސުން ގުޅުން ހިންގުމެވެ. އެ ތިން ދައުވާ ސާބިތުވެ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލުމަށް ފަހު ތައުބާ ލައިދިނުމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލަ ބެއްލެވީ ގާޒީ އަލީ އާދަމް އެވެ.

އެ ހުކުމަށް ފާޑު ވިދާޅުވަމުން އިޔާޒް ވިދާޅުވީ އެއްގޮތަކީ ޝަރީޢަތުގައި އޮންނަ އަދަބު ޤާޒީ އަށް ނޭނގުން ކަމަށާއިއަނެއްގޮތަކީ ޙައްޤު ގޮތް އެނގުނަސް އަމިއްލަ މަޞްލަޙަތަކަށްޓަކައި ޙުކުމް ބަދަލު ކުރުން ކަމަށެވެ. އަދި އަނެއްގޮތަކީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމަށްވުރެ މޮޅު ޙުކުމެއް ކުރާނަމޭ ހިތާ ޙުކުމް ކުރުން ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ.

"ތައުބާ ލައިދޭންވީ އަލަމްގިރި އަށް އެކަންޏެއް ނޫން. ޤާޒީ އަށް ވެސް ތައުބާލައިދޭން ޖެހޭ." އިޔާޒު ވިދާޅުވި އެވެ.

އަލަމްގީރްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.