Last Updated: October 1, 12:15
Sunday, October 1, 2023
ދުނިޔެ

އައިފޯންގެ ކުރީގެ މޮޑެލްތަކަކަށް އަޕްޑޭޓެއް

ތިއީ އަދިވެސް އައިފޯން 5 ނުވަތަ އައިފޯން 6 ގެންގުޅޭ މީހެއް ހެއްޔެވެ؟ އެހެންވިއްޔާ މިއޮތީ އެޕަލް އިން ދޭ ވަރަށް ހާއްސަ ފުރުސަތަކެވެ.

މި މޮޑެލްތަކަށް އަޕްޑޭޓެއް ނުދޭތާ އަހަރެއްހާ ދުވަސް ފަހުން މި ވަނީ އަޕްޑޭޓެއް އިއްޔެ ދޫކޮށްލައިފަ އެވެ. އެގޮތުން އައިފޯން 5 އާއި އައިފޯން 6 ގެ އިތުރުން އައިފޯން 6 ޕްލަސް އަށް ވެސް މި އަޕްޑޭޓް ލިބޭނެ އެވެ. އަވަހަށް ޑިވައިސް އަޕްޑޭޓްކޮށްލާށެވެ. އަނެއްކާ ދެން މި ގޮތަށް އަޕްޑޭޓެއް ލިބޭނެތޯ ނޫންތޯ ވެސް އެއީ ސުވާލެކެވެ.

އެޕަލް އިން ބުނި ގޮތުގައި ކުރީގެ މޮޑެލްތަކަކަށް އަލަަށް ދޫކޮށްލި އަޕްޓޭޑްގައި ޑިވައިސްގެ ވަރަށް މުހިއްމު ސެކިއުރިޓީ ފީޗާތަކުގެ އަޕްޑޭޓް ހިމެނޭނެ އެވެ. ޑިވައިސް އަޕްޑޭޓްކޮށްލަން ސެޓިން އަށް ގޮސްފައި ޖެނެރަލް އަށް ދާށެވެ. ދެން ސޮފްޓްވެއާ އަޕްޑޭޓްކޮށްލާނީ އެވެ.

އެޕަލް އިން ބުނީ މި ފަހަރު މި ދޫކޮށްލި އަޕްޑޭޓް އައިޕެޑް އެއާ އާއި އައިޕެޑް މިނީ 2 އަދި 3 އަށް ވެސް ހެޔޮވަރުވާނެ ކަމަށެވެ.

އައިފޯންގެ ކުރީގެ މޮޑެލްތަކަކަށް އަޕްޑޭޓެއް ދޫކޮށްލި އިރު، އެޕަލް އިން މި މަހުގެ 7 ގައި އައިފޯން 14 ލޯންޗްކުރަން ހަމަޖެހިފައިވެ އެވެ.