Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ތިނަދޫން ގެއްލިގެން ހޯދި މީހާ މަރުވެއްޖެ

ގދ. ތިނަދޫން ގެއްލިގެން ހޯދި ދުވަސްވީ އަންހެން މީހާ މަރުވެއްޖެ އެވެ.

ތިނަދޫ ކަސްޓަޑްއާގޭ ހައްވާފާނު (ހައްވަހަންތަ)، 80، ގެއްލިގެން ހޯދަމުން ދަނިކޮށް ރޭ އޭނާ ފެނުނީ ރަށުގެ މިއުޒިމް ޕާކް ސަރަހައްދަށް ވެއްޓިފައި އޮއްވަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ރޭ ދަންވަރު އެވެ.

ހައްވަހަންތަ ގެއްލިގެން ހޯދަން ފެށީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 3:45 އިން ފެށިގެންނެވެ. ގެއްލިގެން ހޯދަން ފެށުމުގެ ކުރިން އޭނަ އެންމެ ފަހުން ފެނުނީ ތިނަދޫ މަފުށި ސަރަހައްދުންނެވެ. ހައްވަހަންތަ ތިނަދޫ މިއުޒިއަމް ޕާކް ސަރަހައްދަށް ވެއްޓިފައި އޮއްވައި ފެނުނީ ރޭގެ ވަގުތެއްގަ އެވެ.

އެ ވަގުތު އޭނާ ސްޓްރޯކެއް ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި މަރުވީ އައިސީޔޫގައި ފަރުވާ ދެނިކޮށެވެ.

ހައްވަހަންތަގެ ޖަނާޒާ ބާއްވާފައި މިއަދު ފަތިސް ނަމާދަށް ފަހު ތިނަދޫ މަސްޖިދު ތަގްވާގަ އެވެ.