Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

މާސެލޯ އޮލިމްޕިއާކޯސް އަށް ބަދަލުވެއްޖެ

ރެއާލް މެޑްރިޑަށް 15 އަހަރު ކުޅުމަށްފަހު، ބްރެޒިލްގެ ފުޓްބޯޅަ ކުޅުންތެރިޔާ މާސެލޯ ވިއޭރާ އޮލިމްޕިއާކޯސްއަށް ބަދަލުވެއްޖެއެވެ.

ބޭރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މާސެލޯ އޮލިމްޕިއާކޯސްއަށް ގުޅިފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓަކަށެވެ.

މާސެލޯ އޮލިމްޕިއާކޯސްއަށް ގުޅިފައިމިވަނީ އޭނާ ހޯދުމަށް ގިނަ ކްލަބުތަކަކުން މަސައްކަތް ކުރަމުންދަނިކޮށެވެ.

އުމުރުން 34 އަހަރުގެ މާސެލޯއަކީ ރެއާލް މެޑްރިޑްގައި ހޭދަކުރި މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އެ މުއްދަތުގައި އޭނާވަނީ އެ ކްލަބާއެކު 25 ޓްރޮފީ ހޯދާފައެވެ.