Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް ހުޅުވައިފި

ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފުރަތަމަ ސްކޫލް ހުޅުވައިފިއެވެ.

މި ސްކޫލަށް ދީފައިވާ ނަމަކީ "ކާމިލް ދީދީ ޕްރައިމަރީ ސްކޫލް"އެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ސްކޫލް ހުޅުވައިދެއްވާފައިވަނި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިންފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލުގައި 824 ދަރިވަރުން ތަޢުލީމް ހާޞިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މިސްކޫލުގައި އެބަތިއްބެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ވަޒީރުލްމަޢާރިފްގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ކާމިލްދީދީއަށެވެ. އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.