Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

އެޗްޑީސީގެ އެމްޑީއަކަށް އާތިފް

އަހުމަދު އާތިފް-

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު އާތިފް އައްޔަނު ކޮށްފިއެވެ.

މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި އާތިފްއަކީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރާތެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު އާތިފް އައްޔަން ކުރެއްވީ 2019 މާރިޗު 6 ވަނަ ދުވަހުއެވެ. އާތިފް ވަނީ އެކައުންޓިންގ އިން ބެޗްލަރސް ޑިގްރީ (އޮނަރސް) ހާސިލް ކުރައްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ ގޮތަށް ޕަބްލިކް ސެކްޓަރގެ އިތުރުން ޕްރައިވެޓް ސެކްޓަރގައި ވެސް މީގެކުރިން މަސައްކަތް ކުރައްވާފައިވެއެވެ.

އެމްޑީސީގެ އެމްޑީގެ މަގާމަށް އާތިފް އައްޔަނު ކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.