އައްޑޫ ބަހުން މިދިޔަ ހުކުރު ދުވަހު ހުތުބާކީ މައްސަލައެއްގައި މީދޫގެ އިމާމަކު ސަސްޕެންޑްކުރި މައްސަލާގައި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެފަދަ ފިޔަވަޅެއް އެޅީ ހުތުބާ އުނިއިތުރުކޮށްގެން ކިޔާފައިވާތީ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ހުތުބާ އަށް ހަތީބުން އުނިއިތުރު ގެނައުމަކީ މަނާކަމެއް ކަމަށެވެ. އަދި އެއީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ އައްޑޫ ބަހުން ހުތުބާ ދިން މައްސަލަ މިހާރު އަންނަނީ އައްޑޫގެ ހުތުބާ ކޮމިޓީން ބަލަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޓީން ވަރަށް ބޮޑު އިސްކަމެއް ދީގެން އެ މައްސަލަބަލަނީ އުސޫލާ ހިލާފަށް، ފާސްކޮށްފައިވާ ހުތުބާ އަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގަ އެވެ.
މިއުވާން ވިދާޅުވި ގޮތުގައި އެ މައްސަލާފައިު ސަންސްޕެންޑްކުރި އިމާމުގެ މައްސަލަ ބަލައި އޭނަ އަށް ހުކުރު ކުރަން ހަވާލުނުކުރަން އައްޑޫ ހުތުބާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި އ މައްސަލަ ބަލައި ނިންމައި، އެ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީ އަށް މިއަދު ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ބަހުން ހުތުބާ ކީ މައްސަލާގައި ސަސްޕެންޑްކުރީ މީދޫ މުހައްމަދު ރަޝީދެވެ