Last Updated: April 24, 06:35
Wednesday, April 24, 2024
މީހުން

ޖޮބްސްގެ ހަނދާނުގައި ވެބްސައިޓެއް

އެޕަލް ކުންފުނި ވުޖޫދަށް ގެނައުމުގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ސްޓީވް ޖޮބްސްގެ ހަނދާނުގައި ވެބްސައިޓެއް ލޯންޗްކޮށްފި އެވެ.

އޭނަގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލޯންޗްކުރި ސައިޓްގެ ނަމަކީ "ސްޓީވްޖޮބްސްއާކައިވް.ކޮމް" އެވެ. މި ސައިޓްގައި އަދި ގިނަ ބޮޑު ކޮންޓެއް ނެތަސް ޓެކް ދާއިރާ އަށް އެޕަލްއާ އެކީ ޖޮބްސް ގެނައި އިންގިލާބީ ބަދަލުތަކާއި އެކަމާ ގުޅިގެން އައި ކުރިއެރުންތަކާއި އޭނަ މިހާތަނަށް ކޮށްފައިވާ އެކިއެކި މަސައްކަތްތަކާއި ދައްކާފައިވާ ވާހަކަ ފަދަ ތަކެތި ހިމަނަމުން ގެންދާނެ އެވެ.

މިހާރު ވެސް ސައިޓްގައި މިފަދަ ބައެއް ކޮންޓެންޓްތަކެއް އެބަހުއްޓެވެ. އަދި ސައިޓް ހުޅުވައިލާ އިރު މިހާރު އެންމެ ފުރަތަމަ ފެންނަނީ އައިޕެޑަކުން ސެޕްޓެމްބަރު 2، 2010 ގައި ޖޮބްސް ފޮނުވި ވަރަށް ސާދާ އިބާރާތަކުން ލިޔެފައިވާ އީމެއިލެކެވެ. އޭގައި އޭނަގެ ވާހަކަ ތިލަކޮށް ސިފަކޮށް ދީފައިވެ އެވެ.

މިހާރު ދުނިޔޭގެ އެންމެ އަގު ބޮޑު ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލް ވުޖޫދަށް ގެނައީ މީގެ 46 އަހަރު ކުރިން 1976 ގަ އެވެ. މި ކުންފުނީގެ މޭސްތިރިންނަކީ ޖޮބްސްގެ އިތުރުން ސްޓީވް ވޮޒްނިއަކާއި ރޮނާލްޑް ވޭން އެވެ. ޖޮބްސް ވަނީ އުމުރުން 56 އަހަރުގައި 2011 ގައި މަރުވެފަ އެވެ.

އެޕަލް ކުންފުނީގެ މިހާރުގެ އެންމެ އިސް ވެރިޔަކީ ސީއީއޯގެ މަގާމުގައި ހުންނެވި ޓިމް ކުކެވެ.