Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިންޓަ ސްކޫލް ބެޑްމިންޓަން: ޓީމާއި އޯޕަން އިވެންޓްގެ ފައިނަލް މިއަދު

އައްޑޫގައި މިހާރު ކުރިއަށްދާ 17 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ އޯޕަން އަދި ޓީމް އިވެންޓުގެ ފައިނަލް މިއަދު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހިތަދޫ ބެޑްމިންޓަން ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ އޯޕަން އިވެންޓުގެ ފައިނަލް ފަށާނީ މިއަދު ހެނދުނު 9 ޖަހާއިރު އެވެ. އަދި ޓީމް އިވެންޓުގެ ފައިނަލް މިރޭ 8 ޖަހާއިރު ފަށާނެ އެވެ.

މި މުބާރާތުގައި 8 ސްކޫލަކުން 300 އަށް ވުރެ ގިނަ ދަރިވަރުން ވާދަކޮށްފައިވެ އެވެ. އައްޑޫގައި ބޭއްވި މި މުބާރާތުގައި ގދ.އަތޮޅުގެ ސްކޫލަކުން ވެސް ވާދަކުރެ އެވެ.

އައްޑޫގެ އިތުރުން މިއަހަރުތެރޭ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އަންނަ އަންގާރަ ދުވަހު މާލޭގައި ބާއްވާ މުބާރާތް ފަށާއިރު އަންނަ މަހު ނ. ހޮޅުދޫގައި ވެސް އިންޓަ ސްކޫލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ އެއް އަހަރުތެރޭ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވާ ފުރަތަމަ ފަަހަރެވެ.