އިންސްޓަގްރާމުން އާ ފީޗާއެއްގެ ގޮތުގައި "ރީޕޯސްޓް" ޓެސްޓްކުރަން ފަށައިފި އެވެ.
މިއީ އެހެން މީހުންގެ ޕޯސްޓްތައް އަމިއްލަ ސްޓޯރީސް އާއި ޑައިރެކްޓް މެސެޖް (ޑީއެމް) ގެ އިރުރުން އަމިއްލަ ފީޑަށް ވެސް ސްޓްކުރެވޭނެ ފީޗާއެކެވެ. މި ފީޗާ މެޓަގެ ދަށުން ހިންގާ އިންސްޓަގްރާމުން މިހާރު ޓެސްޓްކުރަމުންދާކަން ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ބެހޭ ގޮތުން އެތަނުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
This is what the new instagram repost feature intro screen looks like
h/t @alex193a pic.twitter.com/ldOX5PO4Eg
— Matt Navarra (@MattNavarra) September 9, 2022
އިންސްޓަގެ ހެޑް އެޑަމް މޮޒެރީގެ އިންސްޓަގްރާމް އެކައުންޓްގެ ޕްރޮފައިލްގައި "ރިޕޯސްޓް" އައިކަން އިންކަން ފާހަގަކުރެވިގެން އާންމުންގެ ސަމާލުކަމަށް ޓެކާ ގުޅުން ހުރި މިފަދަ ވާހަކަތައް އާންމުންނަށް ތިލަކޮށްދޭ އިނގިރޭސި ސޯޝަލް މިޑިއާ ކޮންސަލްޓަންޓް މެޓް ނެވާރާ ހިއްސާކޮށްފައިވެ އެވެ. އަދި އޭގެ ޓްވީޓެއްގައި އިންސްޓަގްރާމްގެ "ރިޕޯސްޓް" އިންނާނެ ގޮތް ވެސް ދައްކާލާފައިވެ އެވެ.
This is what the new instagram repost feature intro screen looks like
h/t @alex193a pic.twitter.com/ldOX5PO4Eg
— Matt Navarra (@MattNavarra) September 9, 2022
ރިޕޯޓްތައް ބުނާ ގޮތުން "ރީޕޯސްޓް" ފީޗާ ޓެސްޓްކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެފައިވާ އިރު، އެ ފީޗާ އެންމެ ފުރަތަމަ އާންމުކޮށް ދޫކޮށްލާނެ ކަމަށް ބެލެވެނީ އައިއޯއެސް ބޭނުންކުރާ މީހުންނަށެވެ. އެކަމަކު އެއީ ކިހާ ތާކު ކަމެއް އަދި ސާފެއް ނޫނެވެ.
އިންސްޓަގްރާމުން ފަހަކަށް އައިސް ބައެއް އެހެން ޕްލެޓްފޯމްތަކުގެ ފީޗާތައް އެއަށް ފައްތަމުން އަންނަ އިރު، "ރީޕޯސްޓް" ފީޗާ އެކުލެވޭ ޕްލެޓްފޯމްތަކުގެ ތެރެއިން މެޓަގެ ދަށުން ހިންގާ ފޭސްބުކްގެ އިތުރުން ޓްވިޓާ ހިމެނެ އެވެ. އަދި މިހާރު ޓިކްޓޮކުން ވެސް މީ ފީޗާ އަންނަނީ ޓެސްޓްކުރަމުންނެވެ.