Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ރިސޯޓެއްގައި އައްޑޫ މީހަކު މަރުވެއްޖެ

ރިސޯޓެއްގައ މަސައްކަތްކުރަމުން ދިޔަ އައްޑޫ މީހަކު މިއަދު މަރުވެއްޖެ އެވެ.

މިއަދުގެ ވަރަށް ފަތިހުގެ ވަގުރެއްގައި މަރުވީ ގއ. އަތޮޅުގައި ހިންގަމުންދާ ރޮބިންސަން ރިސޯޓްގައި ވަޒީފާ އަދާކުރަމުން އައި ހިތަދޫ އޯކިޑްއާގޭ އަލީ ޝާހް، 35، އެވެ. އޭނަގެ ޖަނާޒާ މިރޭ އިޝާދަށް ނަމާދަށް ފަހު ހިތަދޫގައި ބާއްވަން ހަމަޖެހިފައިވެ އެވެ. ކަށުނަމާދުކުރަން ހަމަޖެހިފައި އޮތީ މަސްޖިދުކް އިކްރާމް (ފަޒާ މިސްކިތް) އެވެ.

ޝާހްގެ މަރުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

އޭނަގެ މަރާ ގުޅިގެން ހަށިގަނޑު އެންމެ ފުރަތަމަ ގެންދިޔައީ ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.