Last Updated: October 4, 11:19
Tuesday, October 4, 2022
ޚަބަރު

ވެކްސިންގެ 4 ވަނަ ޑޯޒް އައްޑޫގެ ފަސް ދިމާއަކުން

ކޮވިޑް-19 ވެކްސިންގެ ހަތަރު ވަނަ ޑޯޒް މިހާރު ޖަހަން ފަށާފައިވާ އިރު، އައްޑޫގެ ފަސް ދިމާއަކުން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެގޮތުން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ފޭދު އާއި މަރަދު އާއި ހުޅުމީދޫ ސިއްހީ މަރުކަޒުގެ އިތުރުން މަރަދޫފޭދޫ ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު (ދަމަނަވެށި) އިން ވެކްސިން ޖެހުން މާދަމާ އިން ފެށިގެން ކުރިއަށް ދާނެ އެވެ. އެގޮތުން އޭއީއެޗްގައި ވެކްސިން ޖެހުން ކުރިއަށް ކޮންމެ ހަފުތާއެއްގެ ދާނީ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 9:30 އިން 11:30 އަދި މެންދުރު ފަހު 1:00 އިން 2:00 އަށެވެ.

ފޭދޫ ސިއްހީ މަރުކަޒުގައި ވެކްސިން ޖެހުން ކުރިއަށް ދާނީ ހޯމަ އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށެވެ. މަރަދޫފޭދޫ ދަމަނަވެށީގައި ވެކްސިމް ޖަހާނީ ހޯމަ އާއި ބުދަ ދުވަހު މެންދުރު ފަހު 2:00 އން ހަވީރު 4:00 އަށެވެ. ހުޅުމީދޫގައި ވެކްސިން ޖެހުން ކުރިއަށް ދާނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އިން 2:00 އަށެވެެ.

މަރަދޫގައި ވެކްސިން ޖަހާނީ ހޯމަ އާއި އާއި އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ރޭގަނޑު 12:00 އަށެވެ.

ވެކްސިންއާ ބެހޭ އިތުރު މައުލޫމާތު އޭއީއެޗްގެ ހޮޓްލައިން 1632 އިން ހޯދޭނެ އެވެ.

ކޮވިޑްގެ ހަތަރު ވަނަ ޑޯޒް ޖަހަނީ ފުރަތަމަ ތިން ޑޯޒް ފުރިހަމަކޮށްފައިވާ 18 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް 12 އަހަރުން މައްޗަށް ފުރަތަމަ، ދެވަނަ އަދި ތިން ވަނަ ޑޯޒް ވެސް އައްޑޫގައި މާދަމާ އިން ފެށިގެން އަލުން ޖެހޭނެ އެވެ.