Last Updated: October 3, 17:18
Monday, October 3, 2022
ދުނިޔެ

ޕޯލިއޯއާ ހެދި ނިއު ޔޯކް ކުއްލި ހާލަތަށް

ޕޯލިއޯ ވައިރަހާ ގުޅިގެން އެމެރިކާގެ ނިއު ޔޯކް ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

އެ ސިޓީގެ ގަވަރުނެ ކެތީ ހޮޗޫލް ކުއްލި ހާލަތު އިއުލާންކުރެއްވި ނިއު ޔޯކްގެ ސިއްހީ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އެތަނުގެ ނަޖިސްފެނުން ޕޯލިއޯ ވައިރަސް ފެނި، ހަތަރު ކައުންޓީއެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވެ އެވެ. އަދި ޕޯލިއޯގެ އެއް ކޭސް މިހާރު ވަނީ ރިޕޯޓްކޮށްފަ އެވެ.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެމެރިކާގެ ކައުންޓީއަކުން ޕޯލިއޯ ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ، ޕޯލިއޯ އަކި އޭގެ ސަބަބުން ވާގިނެތި މީހާ ނުކުޅެދޭ ހާލަތަށް ބަދަލުކޮށްލާ ބައްޔެކެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ސިއްހީ ހިދުމަތުގެ ފެންވަރު ވެސް އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެންމެ މަޝްހޫރު ސިޓީ އަށް ޕޯލިއޯގެ ބިރުވެރިކަން ފެތުރުނު އިރު، އެ ބައްޔަކީ މީގެ 67 އަހަރު ކުރިން 1955 ގައި އެމެރިކާ އިން އެއްކޮށްހެން ނައްތާލާފައިވާ ބައްޔެކެވެ.

އެމެރިކާ އަކީ ޕޯލިއޯ ނެތް ގައުމަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 1979 ގަ އެވެ.