Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބެޑްމިންޓަނުން ހިތަދޫ ސްކޫލަށް ބޮޑު ކާމިޔާބެއް

އައްޑޫގައި ބޭއްވި 17 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ އޯޕަން އަދި ޓީމް އިވެންޓުން ހިތަދޫ ސްކޫލުން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

ހިތަދޫ ބެޑްމިންޓަން ސެންޓަރުގައި ކުރިއަ ށްދިޔަ މި މުބާރާތުގެ ތިން ޓީމް އިވެންޓަކުން ހިތަދޫ ސްކޫލް ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ ގްރޭޑް 5 އަދި 6 ފިރިހެން، ގްރޭޑް 7 އަދި 8 ފިރިހެން، ގްރޭޑް 9 އަދި 10 ގެ އަންހެން ޓީމް އިވެންޓުންނެވެ.

ހިތަދޫ ސްކޫލުން ވަނީ އަންހެން ގްރޭޑް 7 އަދި 8 ޓީމު އިވެންޓުން ދެވަނަ، އަންހެން ގްރޭޑް 5 އަދި 6 ޓީމް އިވެންޓުންނާއި، ފިރިހެން ގްރޭޑް 9 އަދި 10 އިވެންޓުން ތިންވަނަ ހޯދާފަ އެވެ.

މީގެއިތުރުން އޯޕެން ބައިގެ ހަތަރު އިވެންޓަކުން ވެސް ހިތަދޫ ސްކޫލް ޗެމްޕިއަންކަން ހޯދާފައިވެ އެވެ.

މި މުބާރާތުގައި 9 ސްކޫލަކުން 320 ދަރިވަރުން ވާދަކޮށްފައިވެ އެވެ. އައްޑޫގެ ސްކޫލްތަކުގެ އިތުރުން މި މުބާރާތުގައި ގދ.އަތޮޅުގެ ސްކޫލަކުން ވެސް ވާދަކޮށްފައިވެ އެވެ.

އައްޑޫގެ އިތުރުން މިއަހަރުތެރޭ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އަންނަ އަންގާރަ ދުވަހު މާލޭގައި ބާއްވާ މުބާރާތް ފަށާއިރު އަންނަ މަހު ނ. ހޮޅުދޫގައި ވެސް އިންޓަ ސްކޫލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ އެއް އަހަރުތެރޭ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވާ ފުރަތަމަ ފަަހަރެވެ.