Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

ރާއްޖޭގައި ހަ ބައްޔެއް ފެތުރުން އިތުރު ވަނީ

ރާއްޖޭގައި މިހާރު ހަ ބައްޔެއް ވަރަށް ބާރަށް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.

އެތަނުން މިއަދު ކުރި ޓުވީޓެއްގައި ވަނީ، މި ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކީ ފެތުރެމުން ދަނީ ފާނަބަސަންދާއި
ލޮލު ރޯގާ އާއި ހުމާއި ރޯގާ އާއި ހޭންޑް ފުޓް އެންޑް މައުތު އާއި ބޭރަށް ހިންގުމުގެ އިތުރަށް ޑެންގީ ކަމަށެވެ.

އެހެންވެ ބަލިތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ. އެތަނުން ފާހަގަކުރި ބަލިތަކަކީ އެކި ދުވަސްވަރު، އެކި ހާލަތްތަކުގައި ދޭތެރެ ދޭތެރެ އިން ރާއްޖޭން އާންމުކޮށް ފެންނަ ބަލިތަކެވެ.