Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

އޭއީއެޗުން ބަލިމީހުންގެ ބޭހުގެ ރެކޯޑަށް ހާއްސަ ފޮތެއް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އާންމުކޮށް އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލިޔެދޭ ބޭސްތަކުގެ ރެކޯޑް ގަވައިދުން ބެލެހެއްޓޭ ގޮތަށް "މޯހިރި" ގެ ނަމުގައި ފޮތެއް ތައާރަފުކުރަން ނިންމައިފި އެވެ.

މި ފޮތް މެދުވެރިކޮށް ބޭހާ ރެކޯޑްތައް ރައްކާކުރަން ބޭނުންވާ މީހުންނަށް ވަނީ ހާއްސަ ކެމްޕޭނެއްގެ ދަށުން ރަޖިސްޓްރީވާން ވެސް ހުޅުވާލައިފަ އެވެ. އެއީ "ބޭސްކޮތަޅާ ހާލިފަލުވާ" ގެ ނަމުގައި މިދިޔަ ހަފުތާގައި ފެށި ކެމްޕޭނެކެވެ. މީގައި ބައިވެރިވާން އޭއީއެޗްގެ ހޮޓްލައިން 1632 އާއި 7379951 އިން ރަޖިސްޓްރީކުރެވޭނެ އެވެ.

"ބޭސްކޮތަޅާ ހާލިފަލުވާ" ކެމްޕޭނަކީ އާންމުކޮށް އެކި ބަލިތަކަށް ގަވައިދުން ބޭސްކާ ބަލިމީހުންނަށް ޑޮކްޓަރުންނަށް ލިޔެދޭ ބޭސްތަކާއި އެ ބޭހާ ބެހޭ ސާފުކޮށްދޭން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އެގޮތުން ބަލިމީހުންނަށް ހޮސްޕިޓަލުން ތައާރަފުކުރާ "މޯހިރި" މެޑިކޭޝަން ލޮގް ފޮތަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ އެވެ.