ޒަކާތާ ބެހޭ ގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވި ފޮތެއް ނެރެފި އެވެ.
"ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުތަކުގެ ތަސަައްވަރު" ގެ ނަމުގައި ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މި ފޮތުގެ ދިރާސާ އަކީ އިސްލާމީ ފިގުހުގެ އަލީގައި މި ޒަމާނުގެ ހާޖަތަށް ބަލައިގެން ކުރެވިފައި އޮތް އިލްމީ މަސައްކަތެއް ކަމަށާއި މިއީ ރާއްޖޭެ ޒަކާތުގެ ސިސްޓަމް ހަރުދަނާކުރުމާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތެއް ކަމަށެވެ. އަދި
ގާނޫނީ ތަސައްވުރެއް ވެސް ހިމަނާފައިވާނެ ކަމަށާއި ފޮތުގައި އޭނަގެ ޕީއެޗްޑީ ތީސީސްގައި ހިމެނޭ ކަންކަން ވެސް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
Order Now!
📚Zakathaa gulhey Zamaanee Fiqhi Usool thakai Qaanoonuge thassavaru.
✍️ Author: @Mohamedshaheem1✅ https://t.co/HpJRbb8fRY pic.twitter.com/7Sc6SudcHJ
— IOCC Maldives (@IOCCMv) September 12, 2022
ފޮތުގައި، ރައްޖޭގައި ޒަކާތުގެ ކަންކަން ކުރިން އޮތް ގޮތާއި ކުރިއަށް އޮތް ތަނުގައި ޒަކާތުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ގޮތްތައް ވެސް ހިމަނާފައިވެ އެެވެ.
ކުރިން ވެސް ފޮތްތަކެއް ނެރުއްވާފައިވާ އަދި މިހާރު ވެސް އިތުރު ފޮތްތަކެއްގެ މަސައްކަތް ކުރައްވަމުން ގެންދަވާ އިލްމުވެރިޔާ ވިދާޅުވީ "ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުތަކުގެ ތަސަައްވަރު" ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރަން ނިންމާފައި ވަނީ ކީރިތި ޤުރުއާނާއި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު މަތިވެރިކުރުމަށް ކަމަށެވެ. ވެސް އޭނާ ވިދާޅުވި އެވެ.
ފޮތް ރާއްޖޭގެ އިލްމު އިންސްޓްޓިއުޓުންނާއި އޮންލައިންކޮށް ވެސް ގަނެވޭނެ އެވެ. އަދި ފޮތަށް 7707997 އިން އޯޑަރު ވެސް ކުރެވޭނެ އެވެ. މީގެ އަގަކީ 250ރ. އެވެ.