އިންޑިއާގައި މުޅިން އަލަށް 19.5 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ޗިޕް ފެކްޓްރީއެއް ގާއިމުކުރަން ނިންމައިފި އެވެ.
ޓެކް ދާއިރާއާ ގުޅުން ހުރި އެކި އުފެއްދުންތަކަށް ބޭނުންވާ ޗިޕް އުފައްދަން އިންޑިއާގައި ޗިޕް ފެކްޓްރީއެއް ހަދަން ނިންމީ ޓައިވާނުގެ މަޝްހޫރު ޗިޕް ކުންފުނި، ފޮކްސްކޮން އާއި އިންޑިއާގެ މައިނިން ކުންފުންޏެއް ކަމަށްވާ ވެޑާންޓާ ރިސޯސެސް ލިމިޓެޑް ގުޅިގެންނެވެ. މި ދެ ކުންފުނި ގުޅިގެން ކުރާ ބިޔަ އިންވެސްޓްމަންޓްގެ ދަށުން ޗިޕް ފެކްޓްރީ ގާއިމުކުރަން ހަމަޖެހިފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަން ސްޓޭޓް، ގުޖުރާތުގަ އެވެ.
މޯދީގެ ސަރުކާރުން ވަނީ ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އިންޑިއާ އަށް އިތުރުކުރުމަށްޓަކައި މިދިޔަ އަހަރު 10 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ވެސް އިއުލާންކޮށްފަ އެވެ.
Pioneering a tech revolution in India, Vedanta has partnered with @CMOGuj to setup nation's first semiconductor & display fabrication units production plant. A giant leap towards #semiconductor atmanirbharta, India's manufacturing sector is #TransformingForGood.@Bhupendrapbjp pic.twitter.com/vIIFitz8YD
— Vedanta Resources Limited (@VedantaLimited) September 13, 2022
ވެޑާންޓާގެ ޗެއާމަން އަނިލް އަގަރްވާލް ވިދާޅުވީ އިންޑިއާގެ ފުރަތަމަ ޗިޕް ފެކްޓްރީ ގުޖުރާތުގައި ގާއިމުކުރަން ނިންމި ނަމަވެސް އެތަން ހަދާނެ ވަކި ލޮކޭޝަނެއް އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ. އެކަމަކު އަމާޒަކީ 400 އޭކަރުގެ ބިމެއް، ގުޖުރާރުގެ ވެރިރަށް އެހެމްދުއާބާދާ ކައިރިން ހޯދުން ކަމަށް ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓަކީ އިންޑިއާ އަމިއްލަ ސިލިކަން ވެލީއަކާ ދިމާއަށް ކުރާ ދަތުރަށް އަނެއްކާ ވެސް އެއް ފިޔަވަޅު ކުރިއަށް ގެންގޮސްދޭނެ ކަމެއް." އަނިލް ވިދާޅުވި އެވެ.
ގުޖްރާތުގެ ޗީފް މިނިސްޓަރު ބުޕެންދުރަބާއީ ޕަޓޭލް ވިދާޅުވި ގޮތުގައި ޗިފް ޕެކްޓްރީން ގުޖުރާޖަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. އަދި އެތަނުގެ ސަބަބުން 100،000 ވަޒީފާ ގުޖުރާތުގައި އުފެދޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Pioneering a tech revolution in India, Vedanta has partnered with @CMOGuj to setup nation's first semiconductor & display fabrication units production plant. A giant leap towards #semiconductor atmanirbharta, India's manufacturing sector is #TransformingForGood.@Bhupendrapbjp pic.twitter.com/vIIFitz8YD
— Vedanta Resources Limited (@VedantaLimited) September 13, 2022
ފޮކްސްކޮން އާއި ވެޑާންޓާއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ޗިޕް ފެކްޓްރީގެ މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެންނަން ޖެހެ އެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވާ ގޮތަށް ބަލާ އިރު، ފޮކްސްކޮން އިން އަދާކުރާނީ ޓެކްނިކަލް ޕާޓްނަރެއްގެ ރޯލެވެ. އަދި މުޅި ޕްރޮޖެކްޓަށް ފައިނޭންސްކުރާނީ ވެޑާންޓާއިންނެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންޑިއާގައި ޗިޕް ފެކްޓްރީއެއް ގާއިމުކުރަން ސިންގަޕޫރްގައި އޮޕަރޭޓްކުރާ އައިޖީއެސްއެސް ވެންޗާ އާއި އިންޓަނޭޝަނަލް ސެމީކޮންޑަކްޓާ ކޮންސޯޓިއަމް (އައިއެސްއެމްސީ) އިން މި އަހަރުގެ ޖެނުއަރީގައި 3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ. އެ ފެކްޓްރީ ހަދަން ނިންމާފައ އޮތީ ކަރްނާޓަކާ ސްޓޭޓްގަ އެވެ.