Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އައްޑޫ ފެން ޕްލާންޓްގެ މަސައްކަތެއް ކުރިއަށް، ފެން ކެނޑިދާނެ

އައްޑޫ ސިޓީގެ ފެން ޕްލާންޓްގެ މަސައްކަތެއް ކުރިއަށްދާތީ ފެން ކެނޑިދާނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކަ އިން ބުނީ ފެން ޕްލާންޓްގެ މަސައްކަތެއް މިހާރު ކުރިއަށްދާ ކަމަށާއި އިތުރު މައްސަލައެއް ދިމާނުވާ ނަމަ ފަސް ގަޑިއިރުތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މަސައްކަތް ކުރިއަށްދާ ވަގުތުގައި ފެނުގެ ހިދުމަތް ކެނޑުމަކީ އެކަށީގެންވާ ކަމަށާއި މި ވަގުތުތަކުގައި ފެނުގެ ހިދުމަތް ވީހާވެސް މަދުން ބޭނުން ކުރުމަށް ފެނަކަ އިން ވަނީ އެދިފަ އެވެ.

ފެނަކަ އިން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދިފަ އެވެ.