Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ފޭދޫ ސްކޫލްގެ "ރަން 50" ހަވީރު

އައްޑޫ ފޭދޫ ސްކޫލަށް މި އަހަރު 50 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރަން ބާއްވާ "ރަން 50" ދުވުން މިއަދު ހަވީރު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އައްޑޫގެ ހުރިހާ އަވަށަކުންހުން މީހުން ބައިވެރިވާ މި ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައި ފޭދޫ އަވަށު އޮފީސް ސަރަހައްދުންނެވެ. އެހެންވެ ދުވުމުގައި ބައިވެރިވެރިވާ ހުރިހާ މީހުން ހަވީރު 3:30 އަށް އެ ސަރަހައްދަށް ޖަމާވާން ފޭދޫ ސްކޫލުން އެދިފައިވެ އެވެ. އެގޮތުން ހިތަދޫން ދުވުމުގައި ބައިވެރިވާ މީހުން ފޭދު އަށް ދިއުމަށް ބަސް ދަތުރު ހަމަޖައްސާފައިވެ އެވެ. މެންދުރު ފަހު 2:45 ގައި ބަސް ދަތުރު ފަށާނީ ހިތަދޫ ނޫރާނީ ސްކޫލް ކައިރިންނެވެ.

އިއްޔެ ވަނީ ދުވުމުގައި ބައިވެރިވާ މީހުންނަށް ބިބްސް ދޫކުރަން ފޭދޫ ސްކޫލްގައި އެކްޕޯސް ވެސް މެންދުރު ފަހުން ހަވީރު 6:00 އާ ހަމައަށް ބާއްވައިފަ އެވެ.

ފޭދޫގައި ހަމައެކަނި ސްކޫލްގެ ގޯންޑެން ޖުލިބީ ދުވުން "ރަން 50" ކުރިއަށް ގެންދަނީ ތިން ކެޓަގަރީއަކަށެވެ. ފަންޑް ރައިޒިން އިވެންޓެއްގެ ގޮތުގައި މި ދުވުން ކުރިއަށް ގެންދަނީ އެއީ 12 އަހަރުން މައްޗަށް ހާއްސަ 5 ކިލޯމީޓަރުގެ ދުވުމާއި 12 އަހަރުން ދަށަށް ހާއްސަ 5 ކިލޯމީޓަރު ދުވުމުގެ އިތުރަށް އިސްރަށްވެހިންނަށް ހާއްސަކޮށްގެން "ޕަވަ ވޯކް" ގެ ނަމުގައި ބާއްވާ 2 ކިލޯމީޓަރުގެ ދުވުމެވެ.

ދުވުމުގައި އާންމުން ބައިވެރިވީ 150ރ. ދައްކައިގެންނެވެ. ދަރިވަރުންނަށް ނެގީ 100ރ. އެވެ. ދުވުމުގެ ބައިވެރިވާން ލާން ޖެހެނީ ރަތް ނުވަތަ ހުދު ކުލައިގެ ހެދުމެކެވެ.

ފޭދޫ ސްކޫލުން ބުނި ގޮތުގައި "ރަން 50" އަކީ މިހާތަނަށް އައްޑޫގައި ބާއްވާ އެންމެ ބޮޑު ހަރަކާތަށް ވާނެ އެވެ.