އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިނގިރޭސި ރާނީ އެލިޒަބަރު ދޭއްގެ ޖަނާޒާ އަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަޑައިގެންފި އެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ލީޑަރުން ރާނީގެ ޖަނާޒާގައި ބައިވެރިވެވަވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މަނިކުފާނު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ ރޭގަ އެވެ.
ރާނީގެ ޖަނާޒާ އަށް ލަންކާގެ ރައީސް ރަނިލް މިއަދު ފުރާވަޑައިގެންނެވި އިރު، މިއީ ޖުލައި މަހުގެ 20 ގައި ރައީސްގެ މަގާމަށް ވަޑައިގަތް ފަހުން އޭނާ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އިނގިރޭސީވިލާތުގެ ރަނިކަން 70 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ކުރެއްވި ރާނީ އުމުރުން 96 އަހަރުގައި އަވަހާރަވީ މި މަހުގެ 8 ގަ އެވެ. ރާނީގެ ޖަނާޒާ ހޯމަ ދުވަހު ރަސްމީ އިއްޒަތުގައި ބާއްވަން ތައްޔާރީތައްވެފައިވާ އިރު، ރާނީގެ ސަންދޯއް އާންމުންނަށް މިހާރު ދައްކަމުން އަންނަނީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ވެސްޓްމިިސްޓާގަ އެވެ.