Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެސްޓީއޯ އިން ހިލޭ އާފަލު ބަހަނީ

ދުވާލަކު އާފަލެއް ކެއުމުގެ އާދައަށަގެންނެވުމަށް ފާހަގަކުރާ "އީޓީން އޭން އެޕަލް އަ ޑޭ" މިއަދު ފާހަގަކުރާތީ އެކަމާ ގުޅިގެން އެސްޓީއޯ އިން ހިލޭ އާފަލު ބަހަން ފަށައިފި އެވެ.

މާލޭގައި ތިބި މީހުންނަށް ހާއްސަވާ ގޮތަށް ހިލޭ އާފަލު ދެނީ މިއަދު ހަވީރު 4:00 ގައި ވެސްޓް ޕާކް ސަރަހައްދުގައި ފެށި ހަރަކާތެއްގަ އެވެ. އެގޮތުން ހިލޭ އާފަލު ދިނުން އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

އެސްޓީއޯ އިން ބުނީ އެ ވަގުތު އެ ސަރަހައްދަށް ދާ ކޮންމެ މީހަކަށް އާފަލެއް ލިބޭނެ ކަމަށެވެ.

ބަލިތަކުން ދިފާއުވާން ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހި އާފަލު ކެއުމަކީ ސިއްހީ ތަޖުރިބާރުން ޒަމާނުއްސުރެދޭ އިރުޝާދެކެވެ.