Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ހާފް މެރަތަން ރިކޯޑް ޝަމްހާ މުގުރާލައިފި

ޝަމްހާ އަހްމަދު - ފޮޓޯ: އެމްއޯސީ

ރާއްޖޭގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް ކުރީގެ އެއް ވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު މުގުރާލައިފި އެވެ.

މި ރެކޯޑް ޝަމްހާ މުގުރާލީ ނޯވޭގެ ވެރިރަށް އޮސްލޯގައި މިއަދު ބޭއްވި މެރަތަން 1 ގަޑި 27:25 މިނެޓުން ނިންމައިގެންނެވެ.

މި ރެކޯޑް މީގެކުރިން އޮތީ ރާއްޖޭގެ މަޝްހޫރު ފިޓްނަސް ޓްރޭނަރު މަރިޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. މަރީ މި ރެކޯޑް އެންމެފަހުން ހެދީ މިއަހަރުގެ ފެބްރުއަރީ މަހު ދުބާއީގައި ބޭއްވި ހާފް މެރަތަން 1 ގަޑި 30:51 މިނެޓުން ނިންމައިގެންނެވެ.

ހާފް މެރަތަންގެ ގައުމީ ރެކޯޑް ޝަމްހާ މުގުރާލިއިރު މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް އޮތީ ޝަމްހާ އަތުގަ އެވެ. އެ ރެކޯޑް މުގުރާލީ އައިޝަތު ހިމްނާ ހަސަން އެވެ.