Last Updated: December 5, 23:15
Tuesday, December 5, 2023
ޚަބަރު

ބީއޭ ނަސީމް އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހިހް ނަސީމް އަވަހާރަވެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

ޝައިހް ނަސީމަކީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ފަރާތެކެވެ. ނަމަވެސް އެމްޑީޕީގެ ފުރަތަމަ އުފެދުނު ސަރުކާރުގައި އިސްލާމްދީނުގެ ހަމަތަކާއި ހިލާފަށް ތަޢުލީމީ ނިޒާމް ރާވައި ތަންފީޒުކުރަމުންދާތީ އެކަމާމެދު ހިތްހަމަނުޖެހިގެން ފަހުން ނަސީމް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

އޭގެ ފަހުން ނަސީމް ވަނީ އަދާލަތު ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ޝައިޚް ނަސީމަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން އެންމެ ފުރަތަމަ ތަޙައްރަޖުވި ދިވެހިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ފަރާތެކެވެ.