Last Updated: October 4, 22:10
Thursday, October 5, 2023
ޚަބަރު

މަރަދޫފޭދޫން ފަސް ބިމެއް ކުއްޔަށް ދެނީ

އައްޑޫ މަރަދޫފޭދޫން ވިޔަފާރި އަށް ފަސް ބިމެއް ކުއްޔަށް ދޭން ނިންމައި، އެ ބިންތައް ބިޑްކުރަން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ އެ އަވަށުން އާންމު ވިޔަފާރި އަށް ކުއްޔަށް ދޭން ނިންމާފައި ވަނީ 1،500 އަކަފޫޓްގެ ހަތަރު ބިމާއި 2،500 އަކަފޫޓްގެ ބިމެއް ކަމަށެވެ. މި ބިންތަކަށް ބިޑްކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 2 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން މި މަހުގެ 29 އާ ހަމައަށެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 300ރ. އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 6885003 ނަމްބަރުން ހޯދޭނެ އެވެ.