Last Updated: June 9, 10:37
Friday, June 9, 2023
ޚަބަރު

އައްޑޫގެ ރޭސިން މުބާރާތަށް ބޮޑު ތަރުހީބެއް

ރޭސިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފުރަތަމަ ފަހަރަށް އައްޑޫގައި މޯޓޯ ރޭސިން ހަރަކާތެއް ކުރިއަށް ގެންގޮސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއީ އައްޑޫގައި މިފަދަ ގޮތަކަށް އިންތިޒާމުވެގެން ބޭއްވި އެންމެ ބޮޑު ރޭސިން ހަރަކާތެވެ.

ރޭސިންގް އެސޯސިއޭޝަނުން ބުނީ އައްޑޫގައި މިފަހަރު ބޭއްވިގެން މިދިޔަ "ރާސް ޗެމްޕިއަންޝިޕް" ގެ އައްޑޫ އެޑިޝަން ކަމަށެވެ. މިހަރަކާތުގެ މަޤްސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މޮޓޯ ސްޕޯޓްސް ކުރިއަރުވައި ތަރައްޤީ ކުރުމާއި، މަގުމަތީ ނުރައްކާތެރިކޮށް ބާރަށް ދުއްވާ ޒުވާނުން މަދުކޮށް މި ކުޅިވަރު ކުޅެން ބޭނުންވާ ކުދިންނަށް ޕްލެޓްފޯމެއް ޤާއިމްކޯށްދިނުން ކަމަށް ރޭސިން އެސޯސިއޭޝަނުން ބުނެ އެވެ.

މީގެ އިތުރުން މިފަދަ ހަރަކާތްތަކާއި އެކު ރާއްޖޭގައި މިކަމަށް ހުނަރު ހުރި ކުދިންގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުންވެސް މި ހަރަކާތުގެ މަޤްސަދުގެ ތެރޭގައި ހިމެނޭކަށް ރޭސިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެއެވެ.

އައްޑޫގައި ބޭއްވި ހަރަކާތުގައި 11 ގިންތިއަކުން ޓީމުތައް ވާދަކުރުމަށް ހުޅުވާލިއިރު، 10 ގިންތިއަކުން ކުޅުންތެރިން ވާދަކޮށްފައިވެއެވެ. އަދި މިހަރަކާތުގައި ޖުމްލަ 27 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ރޭސިންގް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. އެއްދުވަހަށް ދެމިގެން ދިޔަ މިހަރަކާތުގައި ސައިކަލުގެ އެކި ގިންތި ތަކާއި ކާރުގެ އެކި ގިންތިތަކުން ރޭސް ހަރަކާތުގައި ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

ރޭސް ގިންތިތަކުން ވަނަތަށް ހާސިލްކޮށްފައިވާ ފަރާތްތައް

* 135 ސީސީ – ޓްރޫ ސްޓްރީޓް
އެއްވަނަ : އަހުމަދު ތާމިހް ލަތީފް – އަމްސާ
ރަނަރ-އަޕް : ޝަހުރު ޒިމާޢު ޒަމާނު – އަމްސާ

* 2000 ސީސީ އިން ދަށުގެ ކާރު
އެއްވަނަ : މުހައްމަދު ޝިމްރާހް މުފީދް – އެކްސްޓްރީމް އަންލީޝްޑް
ރަނަރ-އަޕް : އަބްދުﷲ ވިޝާހު – އަމްރާ

* 150 ސީސީ – ޓްރޫ ސްޓްރީޓް
އެއްވަނަ : ލާމިއު އަލީ – މައިލޯ ރޭސިންގް ކްލަބް
ރަނަރ-އަޕް : ދައުސް މުހައްމަދު އުގެއިލް – އަމްރާ

* 135 ސީސީ – ޕްރޯ ޑްރެގް
އެއްވަނަ : ޝަހުރު ޒިމާޢު ޒަމާނު – އަމްސާ
ރަނަރ-އަޕް : އަހުމަދު ލަމީމް – އަމްރާ

* 3500ސީސ އިން ދަށުގެ ކާރު
އެއްވަނަ : ރޮހިޓާ ކަމާލް މައްޑަގެ – އަމްރާ
ރަނަރ-އަޕް : މުހައްމަދު ފާލިހް – އަމްސާ

* އޯޕެން ޕްރޯ ޑްރެގް
އެއްވަނަ : ޝަހުރު ޒިމާޢު ޒަމާނު – އަމްސާ
ރަނަރ-އަޕް : މުހައްމަދު ޝިމްރާހް މުފީދް – އެކްސްޓްރީމް އަންލީޝްޑް

* ސުޕަރ ބައިކް އޯޕެން
އެއްވަނަ : އަހުމަދު ޔޫނުސް – އަމްސާ
ރަނަރ-އަޕް : އަހުމަދު ތާމިހް ލަތީފް – އަމްސާ

* އޯޕެން ޓްރޫ ސްޓްރީޓް
އެއްވަނަ : އިބްރާހިމް ލަޔާލް – އަމްސާ
ރަނަރ-އަޕް : ލާމިއު އަލީ – މައިލޯ ރޭސިންގް ކްލަބް

* 4000 ސީސީ އިން ދަށް ކާރު
އެއްވަނަ : މުހއްމަދު ޝިމްރާހް – އެކްސްޓްރީމް އަންލީޝްޑް
ރަނަރ-އަޕް : އިބްރާހިމް އަޝްހަރު ޝަރީފް – އަމްސާ

* ކާރު އޯޕެން
އެއްވަނަ : މުހައްމަދު ޝިމްރާހް – އެކްސްޓްރީމް އަންލީޝްޑް
ރަނަރ-އަޕް : މުހައްމަދު ފާލިހް – އަމްސާ

މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރޭސިންގް އެސޯސިއޭޝަނުން މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރާސް ޗެމްޕިއަންޝިޕަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުޅުންތެރިން ހޮވުމަށް ބޭއްވިގެން ދިޔަ ހަަރަކާތެކެވެ. މި ހަރަކާތް މާލޭ ސަރަހައްދުގައި ލޯންޗު ކުރުމަށް ފަހު ފުރަތަމަ ހަރަކާތް ބާއްވާފައިވަނީ ކުޅުދުއްފުށީގައެވެ.

ރޭސިންގް އެސޯސިއޭޝަނުން ބުނީ އައްޑޫގައި ބޭއްވިގެން ދިޔަ ހަރަކާތައް އުއްމީދު ކުރިވަރަށްވުރެ ރަނގަޅު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، މިފަދަ ހަރަކާތްތައް ބޭއްވުމަށްފަހު މިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެތަނެއްގައި ތިބި ޖަމީއްޔާތަކާއި ގުޅިގެން ޕްރެކްޓިސް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގައި މަސައްކަތް ކޮށްދެވޭ ކަމަށެވެ.

މިއީ 2017 ވަނަ އަހަރު ރޭސިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެދުމަށް ފަހު އައްޑޫގައި އެ ފަރާތުން ބޭއްވި ފުރަތަމަ ހަރަކާތެވެ.