Last Updated: April 18, 16:22
Thursday, April 18, 2024
ޚަބަރު

ހުޅުމާލޭގައި ވޯލްޑް ކަޕް ބަލަން އިންތިޒާމުތަކެއް

ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު އެއްތާކަށް އެއްވެގެން މި އަހަރުގެ ވޯލްޑް ކަޕް ބެލޭނެ ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

އެގޮތުން ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި މެޗްތައް އާންމުންނަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ތަންތަން އިއްޔެ ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެން ބައްލަވާލައްވާފައިވެ އެވެ.

އަބަދު ވެސް ރާއްޖޭގައި ވޯލްޑް ކަޕް ބެލުމަށް ބޮޑު ފޯރިއެއް އޮންނަ އިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑު ސްކްރީންތައް ބަހައްޓައިގެން ގިނަ ބަޔަކު ޖަމާވެ، ފޯރީގައި މެޗްތައް ބަލަ އެވެ. އެގޮތުން މި އަހަރުގެ ވޯލްޑް ކަޕް މި އަހަރުގެ ނޮވެމްބަރު ފެށުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ދުރާލައި މެޗްތައް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.

ބޮޑު އާބާދީއެއް މިހާރު ދިރިއުޅެމުން އަންނަ ހުޅުމާލޭގެ އެކި ހިސާބުތަކުގައި މި ފަހަރުގެ ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ.

ގަތަރުގައި ބާއްވާ މި އަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށެވެ.