Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ސައުދީ ޤުރުއާން މުބާރާތުގެ ފައިނަލް ރައުންޑަށް ނަބީހު

ސައުދި އަބިއްޔާގައި މިހާރު ކުރިއަށްދާ "ކިންގް އަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގެ ފައިނަލް ރައުންޑަށް ރާއްޖޭން މި މުބާރާތުގައި ވާދަކުރާ ދެ ބައިވެރިންގެ ތެރެއިން އަހުމަދު ނަބީހު ހޮވިއްޖެ އެވެ.

ޤުރުއާން ހިތުދަސްކޮށް ހާފިޒެއްގެ ޝަރަފު ވެސް ހޯދާފައިވާ ނަބީހަކީ މިދިޔަ އެޕްރީލް މަހު ޔޫއޭއީގައި ބޭއްވި ދުބާއީ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ވެސް، ރާއްޖެ ތަމްސީލުކުރި ހާފިޒެވެ.

މި މަހުގެ 10-21 އަށް ސައުދީގައި ކުރިއަށްދާ މުބާރާތުގައި ނަބީހުގެ އިތުރުން ރާއްޖޭގެ ފަރާތުން ވާދަކުރަނީ މުހައްމަދު ޔޫޝައު ބިން ޒަމްޒަމް އެވެ. ރާއްޖެ ތަމްސީލުކުރާ ބައިވެރިން ހޮވީ ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދިޔަ އޮޑިޝަނަކަށް ފަހު އެވެ.

ސައުދީ މިބާރާތުގައި ދުނިޔޭގެ 111 ގައުމެއްގެ 153 ދަރިވަރަކު ބައިވެރިވެ އެވެ. ކަމަށާއި،

އޭގެ ތެރޭގައި ޤުރުއާންގެ ދާއިރާއިން ޕީއެޗްޑީ އާއި މާސްޓާސް ފެންވަރަށް ކިޔަވައިގެން ތިބި ދަރިވަރުން ވެސް ހިމެނެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި މިހާ ބޮޑު މުބާރާތެއްގެ ފައިނަލްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރަކަށް ލިބުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އަދި ވަކިން ހާއްސަކޮށް ނަބީހު ފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މިބާރާތުގައި އެ ވަރުގެ ކުރިއެރުމެއް ހޯދުމަކީ ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ނަބީހުގެ ކިޔެވުމާއި، އޭނާގެ ހުނަރާ މެދު މުބާރާތް އިންތިޒާމްކުރާ ފަރާތުގެ އިތުރުން ސައުދީ ސަރުކާރުގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.

މި މިބާރާތް ނިންމާލާގައި ރާއްޖޭގެ ބައިވެރިން އެނބުރި އަންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެކަމަކު މުބާރާތް ނިންމާލާފައި އައުމުގެ ކުރިން ބައިވެރިންނަށް ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން މަދީނާގެ ޓުއާއެއްވެސް ދޭން ނިންމާފައވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

"ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން" ގައި ރާއްޖޭން ކުރިން ވެސް ވާދަކޮށްފައިެވ އެވެ. ނަމަވެސް ނަބީހު މި ހޯދި ކާމިޔާބީ އަކީ އެގާ ހަގު އުމުރުގެ ކުއްޖަކަށް މި މުބާރާތުގެ ފައިނަލްގައި ކިޔެވުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.