Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު

ރާއްޖޭގެ ސްޕޭސް މިޝަނަކީ "އަޒުމް"

ރާއްޖޭގައި އަލަށް އުފެއްދި ސްޕޭސް މިޝަންގެ ނަމަކަށް "އަޒުމް" ހަމަޖައްސައިފި އެވެ.

އެ ނަން ހޮވީ އެ މިޝަނަށް ކިޔާނެ ނަމެއް ހޯދަން އެ މަސައްކަތުގައި ހިއްސާވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންމިދިޔަ ޖުލައި މަހުގެ 6 ގައި އިއުލާންކުރުމަށް ފަހު އެވެ. އެތަނުން ބުނީ ސްޕޭސް މިޝަނަށް ދިން ނަން ހުށަހެޅުއްވީ ހއ. އުލިގަން ސްކޫލްގެ ޕްރިންސިޕަލް ސައުދުﷲ އިދުރީސް ކަމަށެވެ.

ހަތް މެމްބަރުންގެ އެކުލެވޭ "ސްޕޭޝް މިޝަން" ގެ ޓީމްގައި ހިމެނެނީ އުމުރުން 30 އަހަރުން ދަށުގެ ހަތް މީހެކެވެ. އެ ޓީމް އެކުލަވާނީ މެއި މަހުގެ ތެރޭގަ އެވެ. އޭގަގައި ހިމެނީ އެއީ ފަސް ފިރިހެނުންނާއި ދެ އަންހެނުންނެވެ.

އެގޮތުން "ސްޕޭސް މިޝަން" ގައި ހިމެނޭ މެމްބަރުންނަކީ ރ. އަލިފުށި ހުސައިން އައްސަދާއި އއ. ބޮޑުފުޅަދޫ އަހުމަދު އީޖާޒް އަބްދުﷲ އާއި މާލޭގެ މަރިޔަމް މަހްރޫސާ އަބްދުއްރަހްމާނާއި ގދ. ރަތަފަންދޫ މަރިޔަމް ޝިމާނަތާއި މާލޭގެ މުހައްމަދު އަޝްހަމް މުޖުތަބާގެ އިތުރުން ހއ. އިހަވަންދޫ މުހައްމަދު ޖުނައިދެވެ.

އައިޖީއެސް އިން ބުނީ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިން ވެސް ރާވާފައި އޮތް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ. މީގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓުކުރުމެވެ.