Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

އިމްރާނާ ދިމާއަށް ގާ އުކި ވާހަކަ ދޮގުކޮށްފި

ބޮލީވުޑްގެ ތަރި އިމްރާން ހާޝިމީ ކަޝްމީރުގައި ފިލްމެއްގެ ޝޫޓިން އަށް ގޮސް އުޅެނިކޮށް ބަޔަކު އޭނައާ ދިމާއަށް ގާ އުކައި ޒަހަމްކޮށްފައިވާ ކަމަށް ބުނެ ދެކެވޭތާ ވާހަތައް އިމްރާން ދޮގުކޮށްފި އެވެ.

ބައެއް މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ގްރައުންޑް ޒީރޯ" ކިޔާ ފިލްމެއްގެ ޝޫޓިން އަށް ސްރީނަގަރުގައި އުޅެނިކޮށް ބަޔަކު އޭނައާ ދިމާއަށް އާ އުކި މައްސަލަ ފުުހުންނަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ އިމްރާން މިއަދު ކުރި ޓްވީޓެއްގަިއ ބުނީ ކަޝްމީރުން ކީ ހޫނު މަރުހަބާއެއް ކަމަށާއި ސްރީނަގަރާއި ޕަހަލްގަމްގެ ޝޫޓިން ވަރަށް އުފާވެރި ކަމަށެވެ.

"އަދި ގާ އުކައިގެން އަހަރެން ޒަހަމްވި ކަމަށް ބުނާ ވާހަކަތަކަކަކީ ސައްހަ ވާހަކަތަކެއް ނޫން." އޭނާ ބުންޏެވެ.

"މާޑާ" އާއި "ޖަންނަތު" އަދި "ރާޒް 3ޑީ" ފަދަ ފިލްމުތައް ކުޅެފައިވާ އިމްރާންގެ "ގްރައުންޑް ޒީރޯ" އަކީ އޭނަ އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅޭ ފިލްމެކެވެ. ކާސްޓްގައި ޒޯޔާ ހުސައިން ވެސް ހިމެނޭ މި ފިލްމަކީ މަދޫރީ ޑިކްސިޓްގެ 2018 ގެ މަރާޓީ ފިލްމު "ބަކެޓް ލިސްޓް" ގެ ޑައިރެކްޓަރު ތޭޖާސް ޑިއޯސްކަރް ހަދާ ފިލްމެކެވެ.