Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ޑރ. ވަހީދުގެ ޖަނާޒާ އަސުރަށް ފަހު

ޑރ. އަބްދުﷲ ވަހީދުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށް ފަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.

އޭނަގެ މައްޗަށް ކަށުނަދާމުކުރުން އޮންނާނީ އާސަހަރާ މިސްކިތުގަ އެވެ.

ރާއްޖޭގެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރު ވަހީދު އަވަހާރަވީ ނިއުމޯނިއާ އަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށް ޑރ. ވަހީދު، 65، އަވަހާރަވީ މިއަދު ހެނދުނެވެ. އައްޑޫ މީދު އަށް އުފަން ޑރ. ވަހީދަކީ ޕޮލިސް އިންޓެރްގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ރައީސްކަމާއި ހެލްތު މިނިސްޓްރީގެ އި ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ބޭފުޅެކެވެ.

ޑރ. ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.