Last Updated: July 12, 09:33
Saturday, July 12, 2025
މުނިފޫހިފިލުވުން

އަޔޫޝްމަނަކީ އަންހެނުންގެ ޑޮކްޓަރެއް

ފިރިހެނަކު އަންހެނުންގެ ޑޮކްޓަރަކަށްވާން މަސައްކަތްކުރުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ އަޔޫޝްމަން ކްރާނާގެ ފިލްމު "ޑޮކްޓަރު ޖީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 14 ގައި ސިނަމާތަަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ އަބަދު ވެސް ވަރަށް ތަފާތު ކޮންޓެންޓް އެކުލެވޭ ފިލްމުތައް ކުޅެމުން އަންނަ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރުގެ ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެ އެވެ. ފިރިހެނަކު ގައިނަކޮލޮޖިސްޓަކަށްވުމުގައި ދިމާވާ ހުރަސްތަކާއި އެކަން ކުރުމުގައި ދިމާވާ އެތައް ކަމެއް ފިލްމުގައި "ލައިޓް ހާޓެޑްކޮށް" ކިޔައިދޭނެ އެވެ.

"ޑޮކްޓަރު ޖީ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަނޫބްދީ ޑައިރެކްޓްކޮށްފައިވާ ކެމްޕަސް މެޑިކަލް ކޮމެޑީއެެކެވެ. މީގެ ބަތަލާ އަކީ އަޔޫޝްމަނާ އެކީ އަލަށ މަސައްކަތްކުރި ރަކުލް ޕްރީތު ސިންގް އެވެ. "ޑޮކްޓަރު ޖީ" ގައި ޑޮކްޓަރެއްގެ ރޯލުން ޝެފާލީ ޝާހް ވެސް ފެނިގެން ދާނެ އެވެ.