Last Updated: June 9, 10:47
Friday, June 9, 2023
ޚަބަރު

ފާއިތުވި ދެ މަހު އޭއީއެޗްގައި 165 އޮޕަރޭޝަނެއް

ފާއިތުވި ދެ މަހުގެ ތެރޭގައި 161 އޮޕަރޭޝަންކޮށްފައިވާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އިން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ޖުލައި މަހާއި މިދިޔަ މަހު އެންމެ ގިނައިން ކޮށްފައި ވަނީ ޖެނެރަލް ސާޖަރީ އެވެ. އެއީ ޖުމްލަ 104 ސާޖަރީ އެވެ. އަދި ފާއިތުވި ދެ މަހު އޮބްސްޓެރިކް އެންޑް ގައިނޮލޮޖީގެ 31 އޮޕަރޭޝަން ކޮށްފައިވާ އިރު، އޮތޯޕީޑިކްސްގެ 35 އޮޕަރޭޝަންކޮށްފައިވެ އެވެ.

ފާއިތުވި ދެ މަހު އެންމެ މަދުން ކޮށްފައި ވަނީ ޔުރޮލޮޖީ އާއި އީއެންޓީގެ ސާޖަރީތަކެވެ. އެގޮތުން ދެ މަހުގެ ތެރޭގައި ޔުރޮލޮޖީގެ ތިން ސާޖަރީއެއްކުރި އިރު، މިދިޔަ މަހު އީއެންޓީގެ ދެ ސާޖަރީ ހަދާފައިވެ އެވެ.

ޓާޝަރީ ފެންވަރަށް ތަރައްގީކޮށްފައިވާ އޭއީއެޗަކީ ޖެނުއަރީ 15، 2020 އިން ފެށިގެން ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. އަދި މިއީ އަތޮޅު ތެރޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ވެސް މެ އެވެ.