Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

ހިތަދޫ ކަސަބާ ދަނޑު ހަދަން ހަވާލުކޮށްފި

އައްޑޫ ހިތަދޫ ކަސަބާ ފުޓްސަލް ދަނޑު ހަދަން ކައުންސިލުން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ ދަނޑު ހަދަން ހަވާލުކުރީ ހިތަދޫ ނޫރައްދީން އިންވެސްޓްމަންޓާ އެވެ. ކަސަބާ ފުޓްސަލް ދަނޑަކީ ޔޫތު މިނިސްޓްރީން ހަރަދުކޮށްފެން ހަދަން ނިންމާފައިވާ ދަނޑެކެވެ. ކައުންސިލިން ބުނި ގޮތުގައި މަސައްކަތް ފަށާތާ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަސަބާ ފުޓްސަލް ދަނޑަށް 1،773،049.49ރ. ހަރަދުވާނެ އެވެ.

މި ދަނޑު ހަދާނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށްލީ މި އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ.

ކަސަބާ ފުޓްސަލް ދަނޑު ހަދަން ބަޔަކާ ހަވާލުކުރި އިރު، އައްޑޫ ސްޓޭޑިއަމާ ދިމާލުން 2016 ގައި ހަދަން ފެށި ފުޓްސަލް ދަނޑެއްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ އެ އަވަށުގެ ކުލަބަކުން މި އަހަރުގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.